ads
ކުއްޖަކު ކޯރެއްގައި
ޖިންނިއްގެ ސަބަބުން ގައިން ދިލަ ނަގާކަމަށްބުނެ ފެންގަނޑެއްގައި ދިރިއުޅޭ ކުއްޖެއް
އިންޑިއާގެ ވެސްޓް ބެންގޯލްގައި 16 އަހަރުގެ ކުއްޖަކު ފެންގަނޑެއްގަކަށް އެރިގެން އަބަދު ދިރިއުޅެން ފެށުމުން އެކަން ގިނަބައެއްގެ ސަމާލުކަމަށް އައިސްފިއެވެ.
Advertisement

އެ ކުއްޖާ ބުނާ ގޮތުގައި ފެންގަނޑުން އަރިފިމަނަ މުޅި ގައިގައި ގަދައަށް ދިލަނަގާކަމުގެ އިހުސާސެއް ކުރެވެއެވެ. ނަމަވެސް، މިއީ އަމިއްލަ އިހުސާސެއްގެ މައްޗަށް ބިނާވެފައިވާ ކަމެއްގެ ގޮތުގައި ބެލެވޭއިރު، ސިއްހީ މާހިރުން ފާހަގަކުރައްވަނީ މިއީ ހަމުގެ ނާދިރު މައްސަލައަކަށް ވެދާނެކަމެއް ކަމަށެވެ 

އެ ކުއްޖާ އަމިއްލައަށް ގަބޫލުކުރާ ގޮތުގައި އޭނާއަށް މައްސަލަ ކުރިމަތިވަނީ ޖިންނިއެއްގެ ސަބަބުންނެވެ. ނަމަވެސް، ސައިންސާއި މެޑިކަލް ދިރާސާތަކުން ދައްކާ ގޮތުގައި ގައިން ދިލަނެގުމާއި ހަމަށް އަންނަ މިފަދަ ބަދަލުތަކަކީ "އެކުއަޖެނިކް ޕްރޫރިޓަސް" ފަދަ ހަންގަނޑުގެ ބަލި ހާލަތްތަކުގެ ސަބަބުން ދިމާވާ ކަންކަމެވެ.

ފެންގަނޑުގައި ގިނަ ދުވަސްތަކެއް ވަންދެން އިނުމުގެ ސަބަބުން އެ ކުއްޖާގެ ސިއްހަތަށް ވަނީ ނޭދެވޭ އަސަރުތަކެއް ކުރަން ފެށާފައެވެ. އެގޮތުން ހަމުގެ ކުލަ ގެއްލުމާ، އަރިދަފުސް ރޯގާ ޖެހުން ފަދަ މައްސަލަތައް ވަނީ ކުރިމަތިވެފައެވެ. ސާފުނޫން ފެންގަނޑުތަކުގައި ގިނައިރު އުޅުމަކީ ސިއްހީ ގޮތުން އިތުރު ނުރައްކާތަކަށް މަގުފަހިވާ ކަމެކެވެ.

މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގެ ގިނަ ބަޔަކު އަންނަނީ އެ ކުއްޖާ ބެލުމަށް އެއްވަމުންނެވެ. އެ ކުއްޖާގެ އާއިލާއަށް މާލީ ދަތިތައް ކުރިމަތިވެފައިވުމުގެ ސަބަބުން، އެކަށީގެންވާ ސިއްހީ ފަރުވާ ހޯދުމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ. 

ސިއްހީ މާހިރުން އިރުޝާދު ދެނީ މިފަދަ އާދައާ ހިލާފު އަލާމާތްތައް ފެންނަނަމަ، ނުފެންނަ ބާރުތަކަށް ނިސްބަތްކުރުމުގެ ބަދަލުގައި، ސައިންސާއި މެޑިކަލް ޑޮކްޓަރުންގެ އެހީތެރިކަން ހޯދުމަށެވެ. އެކަށީގެންވާ ފަރުވާ ލިބިގެން މެނުވީ މިފަދަ ސިއްހީ މައްސަލަތަކަށް ދާއިމީ ހައްލެއް ނުލިބޭނެއެވެ.

33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް