ads
ތެޔޮ ގަތުމަށް އޭޑީބީން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ ލޯނެއް ދީފި
އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ރާއްޖެއަށް 50 މިލިއަން ޑޮލަރު (772.5 މިލިއަން ރުފިޔާ) ގެ ލޯނެއް ދީފި އެވެ.
Advertisement

މި ލޯނު ދޫކޮށްފައިވަނީ އޭޑީބީގެ 'އެނާޖީ ސެކިއުރިޓީ އެމަޖެންސީ އެސިސްޓެންސް ޕްރޮޖެކްޓް'ގެ ދަށުން ނެވެ.

އެ ބޭންކުން މި އެހީ ދީފައިވަނީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ބާރުބޮޑުވަމުންދާތީ، ތެޔޮ އެތެރެކުރުމަށާއި ކަރަންޓާއި ފެނުގެ ހިދުމަތް އަދި އެހެނިހެން ހިދުމަތްތައް މެދުކެނޑުނަނުދީ ދެމެހެއްޓުމަށްޓަކައިކަމަށް އޭޑީބީން ބުނެ އެވެ. އެގޮތުން މި އެހީ ބޭނުންކުރަން ޖެހޭނީ ކަރަންޓު އުފެއްދުމަށާއި ފެން އުފެއްދުމަށް ބޭނުންވާ ޑީސަލް އެތެރެކުރުމަށާއި ކާބޯތަކެއްޗާއި ސިއްހީ ހިދުމަތްތަކަށް ބޭނުންވާ ތަކެތި އުފުލުމުގެ ލޮޖިސްޓިކްސްއަށާއި އަތޮޅުތެރޭގެ ދަތުރުފަތުރާއި މުދާ އުފުލުމަށް އަދި ކުނި މެނޭޖްކުރުމުގެ މަސައްކަތަށެވެ.  

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލި، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަށަށް ގޮސްފައިވާކަން ޢޭޑީބީން ވަނީ ފާހަގަކޮށްފައެވެ. އަދި އެކަމުގެ ސަބަބުން މާ؛ލީ ގޮތުން ދަތިވެ ރާއްޖެއަށް ތެޔޮ އެތެރެކުރުމުގެ އުނދަގޫތައް ކުރިމެތިވެފައިވާކަމަށް އޭޑީބީން ބުނެއެވެ. 

މެދުއިރުމަތީގެ ހިނގަމުން ދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ތެޔޮ ގަތުމަށް ވޯލްޑް ބޭންކުންވެސް ވަނީ 40 މިލިއަން ޑޮލަރުގެ ލޯނެއް މިދިޔަ މޭ މަހު ހަމަޖައްސައިދީފަ އެވެ. އެ އަދަދާއި އެކު ތެޔޮ ގަތުމަށް ވޯލްޑް ބޭންކާއި އޭޑީބީން މިވަނީ ޖުމްލަ އަދަދު 90 މިލިއަން ޑޮލަރަށް އަރާފަ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;