މިއަދު ރައްޔިތުން މަޖލީހުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޕިޝަރީޒް މިނިސްޓަރު ޝިޔާމް ވިދާޅުވީ ފުނައްޑޫ ތަރައްގީކުރަން އަމިއްލަ ކުންފުންޏަކާއި ހަވާލުކޮށްފައިވާ ކަމަށެވެ. އަދި މިއަަރގެ ޑިސެމްބަރުމަގުގެ ތެރޭގައި އެރަށުން މަސް ގަންނަން ފަށާނެކަމަށް އެ ކުންފުނިން ބުނާކަމަށްވެސް ޝިޔާމް ވިދާޅުވި އެވެ.
ފުނައްޑޫ ތަރައްގީކުރަން އަމިއްލަ ކުންފުންޏަކާއި ހަވާލުކޮށްފައިވާކަމަށް މަޖިލީހުގައި ޝިޔާމް ވިދާޅުވި ނަމަވެސް އެއީ ކޮން ކުންފުންޏެއްކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
ތ. ތިމަރަފުއްޓާއި ދާދީ ކައިރީގައި އޮންނަ ފުނައްޑޫ މަސް ބަންދުކުރާ ކާރުހާނާއެއް އަޅާ އެތަން ހިންގީ ކުރީގެ ރައްޔިތުން މަޖިލީހުގެ މެމްބަރު އަހުމަދު ތަސްމީން އަލީގެ އާއިލީ ކުންފުންޏަކުންނެވެ. އެހެންނަމަވެސް އެ ކުންފުނިން ބޭންކް އޮފް މޯލްޑިވްސްއިން ނެގި ލޯނެއް ނުދެއްލިގެން އެ ބޭންކުން އެރަށް ވިއްކާލުމުން މިދިޔަ ސަރުކާރުން 2022 ވަނަ އަހަރު އެ ލޯން ދައްކާ ރަށް ސަރުކާރުގެ ބެލުމުގެ ދަށަށް ގެނެއެވެ. އަދި ފުނައްޑޫ އޮޕަރޭޝަނަށް ގެނެސް ހިންގަން ފިޝަރީޒް މިނިސްޓްރީން މިފްކޯއާ ހަވާލުކުރީ 2023 އޭޕްރިލް 20 ގައެވެ. ތ. ފުނައްޑޫ މިފްކޯއިން ގަނެފައި ވަނީ 22.8 މިލިއަން ރުފިޔާ އަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;