އޭނާ މަގާމުން އިސްތިއުފާދެއްވުމަށްފަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފައިރޫޝް ވިދާޅުވީ އެ ނިންމެވުން ނިންމެވީ ވަރަށް ބޮޑަށް ވިސްނެވުމަށް ފަހުގައިކަމަށެވެ. އަދި މިއީ އާންމު ހިދުމަތުގެ މި ބާބު ނިންމާލަން އެންމެ ރަނގަޅު ވަގުތު ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
" ހިދުމަތް ކުރުމުގެ ފުރުސަތު ލިބުމުން ޝުކުރުވެރިވަން. އަދި މި ދަތުރުގައި ލިބުނު އެކުވެރިން އަދި އިދާރާތަކަށް ޝުކުރުވެރިވަން،" ފައިރޫޝް ވިދާޅުވި އެވެ.
މި ސަރުކާރުގައި ފައިރޫޝް އެންމެ ފުރަތަމަ އައްޔަންކުރެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށެވެ. ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އޭނާ ބަދަލުކުރެއްވީ 16 އޮކްޓޫބަރު 2024 ގައެވެ.
ފައިރޫޝް ވަނީ މޯލްޑިވްސް ޕޮލިސް ސާވިސްގައި 20 އަހަރު ދުވަހު ހިދުމަތްކުރައްވާފަ އެވެ. ފުލުހުންގެ އިދާރާގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވުމަށްފަހު، އޭނާ ޝަރަފުވެރިކަމާއެކު ރިޓަޔާކުރެއްވީ 2021 ވަނަ އަހަރު އެވެ. ނަމަވެސް، އޭނާގެ މައްޗަށް ކުރެވުނު ސީރިއަސް ތުހުމަތުތަކަކާ ގުޅިގެން، ޝަރަފުވެރިކަމާއެކު އޭނާ ރިޓަޔާކުރެއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ހަމަ އެ އަހަރު ރައްޔިތުންގެ މަޖިލީހުން ވަނީ ނިންމައިފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;