އެމްއޭސީއެލުން ބުނީ މެލޭޝިއާއިން ތާވަލުކޮށްގެން ކުރާ ފުރަތަމަ ކާގޯ ދަތުރުތަކެއް ކަމަށެވެ. އަދި މި ހިދުމަތަކީ ދެކުނު އިރުމަތީ އޭޝިއާގެ މަޝްހޫރު ލޮޖިސްޓިކްސް ކުންފުނި "ޓެލެޕޯޓް" އިން ޗާޓަރުކޮށްގެން ހިންގާ ދަތުރުތަކެއް ކަމަށެވެ. ރާޔާ އެއާވޭސްގެ ހިދުމަތާއެކު އާ ފުރުސަތެއް ހުޅުވުނީކަމަށާއި ދެކުނު އޭޝިއާ އާއި ރާއްޖެއާ ދެމެދު މިހާރު ގަވާއިދުން މުދާ އުފުލޭނެ ކަމަށް އެމްއޭސީއެލުން ބުނެ އެވެ.
މި ދަތުރުތަކުގައި އުފުލާ ކާގޯގެ 80 އާއި 90 އިންސައްތައަކީ ޓްރާންސްޝިޕްމަންޓް ކާގޯ އެވެ. މީގެ ސަބަބުން އެމް.އެލް.އީ ގެ ދައުރު އިތުރަށް ވަރުގަދަވާނެކަމަށް އެމްއޭސީއެލުން ބުނެ އެވެ. ކާގޯ ގުޅުވައިދޭ ހަބެއްގެ ގޮތުގައި މި ދަތުރުތަކުގެ ސަބަބުން މުދާ ފޮނުވާ ފަރާތްތަކަށް އިތުރު މަގުތައް ހުޅުވިގެން ގޮސް ދުނިޔޭގެ މުހިންމު ބާޒާރުތަކަށް ވާސިލުވުން ފަސޭހަވާނެ ކަމަށް އެމްއޭސީއެލުން ބުނެ އެވެ.
ރާޔާ އެއާވޭސްގެ ކާގޯ ދަތުރުތައް ރާއްޖެއަށް ފެށުން
ޖެނުއަރީ އިން ޖުލައި 2026 ގެ ނިޔަލަށް އެމް.އެލް.އީ އިން ވަނީ ގިނަ ކާގޯތަކެއް ހެންޑްލްކޮށްފަ އެވެ. އެއީ 390 ކާގޯ ދަތުރު މެދުވެރިކޮށެވެ. މުޅިއެކު 3,228 ޓަނުގެ ކާގޯ ހެންޑްލްކުރެވުނެވެ. މި ދަތުރުތަކުން އެއާޕޯޓް ވަނީ މުހިންމު މަންޒިލްތަކަކާ ގުޅުވާލެވިފައެވެ. އޭގެ ތެރޭގައި ބެންގަލޫރު، ޗެންނާއި، ޔަންގޯން، ކޮލަމްބޯ، ބެންކޮކް، ދުބައި އަދި ހަނޯއީ ހިމެނެއެވެ. 2025 ވަނަ އަހަރުވެސް ގިނަ ދަތުރުތައް ކުރިއެވެ. އެއީ 518 ކާގޯ ދަތުރެވެ. އަދި 4,300 ޓަނަށްވުރެ ގިނަ ކާގޯ ހެންޑްލްކުރިއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;