މިމަހުގެ 5 ވަނަ ދުވަހުގެ ރޭ ހިލަ އާއި ހިލަވެލި ބަރުކޮށްގެން ލ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރި "ފްރެންޑް 4" ނަމަކަށް ކިޔާ ދޯނި ސަލާމަތްކުރުމުގެ މަސައްކަތުގައި އުޅުނިކޮށް ގެއްލިފައިވަނީ އެ ދޯނީގެ ކައްޕި ތ. މަޑިފުށި ދޮންވެލި، މުހައްމަދު ހަމްދޫނާއި އެމްއެންޑީއެފްގެ ސްޓާޕް ސާޖެންޓް އިބްރާހިމް އަހުމަދު އަދި ޕޮލިސް ސާޖަންޓް އަލީ ނާފިއު އެވެ.
އެމްއެންޑީއެފުން މިރޭ ބުނީ ފްރެންޑު ދޯނިން ގެއްލުނު ދޯނީގެ ކެޕްޓަން މުހައްމަދު ހަމްދޫން ވަނީ އޭނާއާ ހަވާލުވެފައިވާ މަސްއޫލިއްޔަތު އަދާކުރުމުގައި އެންމެފަހު ވަގުތާ ޖެހެންދެން މަސައްކަތް ކޮށްފައި ކަމަށެވެ. ދޯނިން ސަލާމަތްވި މީހުންގެ ފަރާތުން ލިބިފައިވާ މައުލޫމާތަށް ބަލާއިރު ދޯނީގެ ކެޕްޓަން ދޯނި ސަލާމަތްކުރެވޭތޯ ހިތްވަރާ އެކު މަސައްކަތްކޮށްފައި ވާކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި ދޯނި އަޑިޔަށްދިޔައީ ވަރަށް ކުއްލިގޮތަކަށްކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ސިފައިންނާއި ފުލުހުންނަކީ ޤައުމީ ހިދުމަތުގައި ވާޖިބަށް އިސްކަންދީގެން ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމުގައި ކުރެވެންހުރި ކޮންމެ މަސައްކަތެއް ކުރާ ހިތްވަރުގަދަ ބަޔެއްކަމުގެ ލާމަސީލް ނަމޫނާ މިވަނީ ދިވެހި އަސްކަރިއްޔާގެ ސްޓާފް ސާޖަންޓް އިބްރާހީމް އަހްމަދާއި، މޯލްޑިވްސް ޕޮލިސް ސާވިސްގެ ސާޖަންޓް ޢަލީ ނާފިއުގެ ފަރާތުން ފެނިގެންގޮސްފައި ކަމަށްވެސް އެމްއެންޑީއެފުން ބުނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;