މިމަހުގެ 5 ވަނަ ދުވަހުގެ ރޭ ހިލަ އާއި ހިލަވެލި ބަރުކޮށްގެން ލ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރި "ފްރެންޑް 4" ނަމަކަށް ކިޔާ ދޯނި ސަލާމަތްކުރުމުގެ މަސައްކަތުގައި އުޅުނިކޮށް ގެއްލިފައިވަނީ އެ ދޯނީގެ ކައްޕި ތ. މަޑިފުށި ދޮންވެލި، މުހައްމަދު ހަމްދޫނާއި އެމްއެންޑީއެފްގެ ސްޓާޕް ސާޖެންޓް އިބްރާހިމް އަހުމަދު އަދި ޕޮލިސް ސާޖަންޓް އަލީ ނާފިއު އެވެ.
އެމްއެންޑީއެފުން ބުނީ ގއ.ކުޑަލަފަރީގެ އިރުއުތުރުން 8 ނޯޓިކަލް މޭލު ބޭރުން ބަންޑުން ޖަހާލައި އަޑިއަށް ދިޔަ ދޯނިން ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތް ސިފައިން ހުއްޓުމެއްނެތި ކުރަމުން އަންނަކަމަށް ށެވެ.
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ގެއްލޭ އުޅަނދުފަހަރާއި މީހުން ވައިގެ މަގުން ހޯދުމުގެ ގާބިލުކަން އެމްއެންޑީއެފަށް ލިބިފައިވާތީ، މި ހާދިސާ ހިނގި ވަގުތުން ފެށިގެން "އަންމޭންޑް އޭރިއަލް ވެހިކަލް" ބޭނުންކޮށްގެން އަންނަނީ މި ހާދިސާގައި ގެއްލިފައިވާ މީހުން ހޯދުމަށް ޓަކައި މަސައްކަތް ކުރަމުންކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
އަޑިޔަށް ދިޔަ ދޯނިން ގެއްލުނު މީހުން ހޯދުމަށް ޑްރޯން މެދުވެރިކޮށް ބަލަނީ
މީގެއިތުރުން އޮސްޓްރޭލިޔާ ސަރުކާރުން ހަދިޔާކުރައްވާފައިވާ މަނަވަރު "ކޯސްޓްގާޑް ޝިޕް އިމާދުއްދީން"ގެ އިތުރުން ކޯސްޓްގާޑުގެ އިންޓާސެޕްޓާ ކްރާފްޓްސްއާއި ހާބަރު ޕެޓްރޯލް ލޯންޗާއި އަދި ޕޮލިސް ލޯންޗުން ވަނީ މީހުން ހޯދުމަށް ޓަކައި އެ ސަރަޙައްދު ބަލާފައިކަމަށްވެސް އެމްއެންޑީއެފް އިން ބުނެ އެވެ. އަދި ހުވަދޫ ކަނޑުގެ ދެކުނުން ގއ.އަތޮޅުގެ ފަރުތަކާއި ހުވަދޫ ކަނޑުގެ އުތުރުން ލ.އަތޮޅުގެ ފަރުތައްވެސް ވަނީ މިހާރު ބެލިފައިކަމަށްވެސް އެމްއެންޑީއެފުން ބުނެ އެވެ. އަދި މިއަދު ހުވަދޫ ކަނޑު އެްކޮށް ބަލާ ނިމެނޭކެމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.
މި ހާދިސާގައި ސަލާމަތްވި މީހުން ދީފައިވާ މައުލޫމާތަށް ބަލާއިރު، ދޯނި ފެތެމުންދިޔަ އިރު ދޯނިން ފުންމާލި އެންމެން ވަނީ ސަލާމަތްކުރެވިފަިކަމަށް އެމްއެންޑީއެފުން ބުނެ އެވެ. މި ދޯނިން ފުންމާލައި ސަލާމަތްވެފައިވާ މީހުންގެ ތެރޭގައި ދޯންޏަށް އެ ވަގުތު އަރާތިބި ކޯސްޓްގާޑުގެ ހާބަރު ޕެޓްރޯލް ލޯންޗުގެ ކްރޫއަކާއި އެމްއެންޑީއެފްގެ އޯގްޒިލަރީ ފަޔާމަނަކާއި އަދި ފުލުހެއްގެ އިތުރުން ދޯނީގައި އެވަގުތު ތިބި 3 ފަޅުވެރިން ވެސް ހިމެނޭކަމަށް އެމްއެންޑީއެފުން ބުނެ އެވެ. އަދި މި ހާދިސާގައި އެހީތެރިވި ސިފައިންނާއި ފުލުހުންގެ އޮފިސަރުން ކުރި މަސައްކަތްތަކަށް އެމްއެންޑީއެފުން ވަނީ ތައުރީފުކޮށްފަ އެވެ.
މި ހާދިސާގައި ދޯނި އަޑިޔަށްގޮސްފައިވަނީ ހުވަދޫ ކަނޑުގެ ތެރެއަށްކަމަށްވާއިރު ދޯނި އަޑިޔަށް ގޮސްފައިވާ ސަރަޙައްދުގެ ފުންމިނަށް ބަލާ އިރު، 1600 މީޓަރަށް ވުރެ ފުންވާނެ ކަމަށް ބެލެވޭކަމަށް އެމްއެންޑީއެފުން ބުނެ އެވެ. މިއީ، އަސްކަރީ ސަބްމެރިން ނުވަތަ ނިއުކްލިޔާ ސަބްމެރިންވެސް އޮޕަރޭޓް ކުރާ ފުންމިނެއް ނޫންކަން ފާހަގަކުރެވޭކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
މި ހާދިސާ ހިނގިތާ 8 ދުވަސް ފާއިތުވެގޮސްފައި ވާއިރު، ހާދިސާގައި ނުފެނިފައިވާ 3 މީހުން ހޯދުމަށް ޓަކައި 2026 އޮގަސްޓް 14ވަނަ ދުވަހުގެ 18:00ގެ ނިޔަލަށް ވައިގެ މަގުން 9920 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައި ވާ އިރު، ކަނޑުމަގުން 2790.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;