ads
ދަރިފުޅު - 45 ވަނަ ބައި
އެޕިސޯޑް 45
Advertisement

"އެތެރެއަށް ވަނުމުގެ ހުއްދައެއް އަހަރެން ނުދެން" ހިތްހަމަނުޖެހިފައި މާލިކް ބުނެލީ ރުންކުރު ގޮތަކަށެވެ.

"މި އޮފީސް ނުވަތަ މި ކެބިންއަށް ވަނުމަށް އެއްވެސް މީހެއްގެ ހުއްދައެއް އަހަރެން ބޭނުމެއް ނުވޭ" އެ އަންހެން ކުއްޖާ ބުންޏެވެ.

"ބޭނުންވާނެ! ހުއްދަ ނެތި، ތި ދޮރު ހުރަސްކުރެވޭނީ މަދު މީހަކަށް.. އެ ލިސްޓުގައި ތި ނަމެއް ނޯންނާނެ! އެހެންވީމައި، ދޮރުގައި ޓަކި ޖަހައިފައި، ހުއްދަ ލިބުނިއްޔާ ނޫނީ ދޮރުގެ ތަޅުގައި އަތް ނުލާތި! ބުނޭ، ކީއްކުރަން ތި އައީ..؟" މާލިކް ސުވާލު ކުރި އެވެ. 

ހިތްހަމަ ނުޖެހިފައި ހުއްޓަސް އެ އަންހެން ކުއްޖާއަށް މާލިކް ފުރުސަތު ދިނީތީ، އަހަރެންގެ ނިއްކުރިއަށް ރޫ އެރި އެވެ.

ﷲގަންދީ ބުނަމެވެ. ނުރުހުމާއި ނުތަނަވަސް ވަގުތުގައިވެސް މާލިކް ވަރުގެ ހިތްގައިމު ފިރިހެނަކު އަހަރެންގެ ދެ ލޯ ނުދެކެ އެވެ. އޭނާގެ ހިތްގައިމުކަމާއި ފިރިހެންވަންތަކަމަށް ހިތް ކިޔުމުގައި އަންހެން ކުއްޖަކު ކުއްވެރި ނުކުރާނަމެވެ. އަމިއްލަ އިހްތިޔާރުން ހިތް ދޫވުމަކީ އިންސާނީ ތަބީއަތުގައި ލެއްވި އުނިސިފައެއް ކަމަށް ގަބޫލުކުރަމެވެ. 

"މާލިކް ހުސްވާނީ ކޮން ވަގުތަކުތޯ ބަލަން ބޭނުމީ" ޖެހިލުމެއް ނެތި އަންހެން ކުއްޖާ ބުންޏެވެ.

"ކީއްކުރަން؟"

"އަ ޑޭޓް..؟"

ގަސްތަކު ނޫނެވެ. މާ ބާރަށް ކޮށި އެރީ އެވެ. 

ކޮންޓްރޯލް ނުވާ ވަރަށް އަހަރެން ކޮށި އެރީ އެވެ. 

އެ ދެ މީހުންގެ 'މުއާމަލާތު' އަހަންނަށް ހަޖަމުނުކުރެވުނީ އެވެ. 

މުޅި ހަޔާތުގައި އަހަންނާއި ދިމާއަށް ދަތުރުކުރި، ހުތުރު ބަލައިލުން އަލުން އަމާޒުވުމަށް ހިނދުކޮޅެއްވެސް ނުނެގި އެވެ. އެވަރު ހުތުރު ބެލުމެއް އަމާޒު ނުވާތާ ދުވަސްތަކެއް މާޒީ ވިޔަސް، ސިކުޑީގައި ނުތަނަވަސްކަން އެނބުރިގަތެވެ. އޭނާގެ ބަލައިލުމުން އަހަރެންގެ ސިކުނޑިއަށް ތުރާވެއްޖެ އެވެ.

"ހަމަ މިހާރު މިތަނުން ފެއްސޭ..." ހުތުރު ބަހުން އޭނާ އަހަންނާއި މުހާތަބުކުރި އެވެ.

"ހަބަރުދާރު! ހަމަ މިހާރު މިތަނުން ނިކުމޭ!" އެއީ މާލިކްގެ އަޑެވެ.

"ޔެސް، ހުތުރުވެގެންވީ ބިކާރީ... ހަމަ މިހާރު މިތަނުން ނިކުމޭ" އަނެއްކާވެސް އަންހެން ކުއްޖާގެ ޓާގެޓަކީ އަހަރެންނެވެ. 

"މާލިކްގެ އިންޒާރު އައީ އަހަރެންނަކަށް ނޫން.. މާލިކްގެ އެ ޖުމުލަ ރައްދުވަނީ ތިޔަބޭފުޅާއަށް..!" އަހަރެން ބުނެލީމެވެ.

"އެހެންތަ ހީކުރީ؟ ތިއީ ހަމަ ކަލެއަށް ހީވާ އެއްޗެއް؟" މޫނަށް ރޫ އަރުވާލައިފައި އަހަރެންނާއި ދިމާއަށް އޭނާ ބުނެލި އެވެ.

"ލޯ ހުޅުވާލާފައި މާލިކްއަށް ބަލައިލަބަލަ! މި ބުނި އެއްޗެއް ޔަގީންވާނެ!" އަހަރެންގެ ޖުމުލައާއެކު ދަތްކުނޑި ވިކިޔަސް، އޭނާ މާލިކް އާއި ދިމާއަށް ބަލައިލި އެވެ. 

މާލިކް ފެނުމުން އަހަރެން ގާތަށްވެސް ހިނިއައި އެވެ. އެވަރަށް ކަމަކާއި ނަފުރަތުކޮށް، ފޫހިވެފައި ހުއްޓައި އަދި ނުދެކެމެވެ. 

"ހަމަ މިހާރު އަހަރެންގެ ކެބިން ތެރެއިން ނިކުމޭ.. މީގެ ފަހުން ދުވަހަކުވެސް އަހަރެންގެ ހުއްދަ ނެތި، އަހަރެންގެ ކެބިންގެ ދޮރު ހުރަސްކޮށްގެން ނުވާނެ.. އަދި ދެރަވަރުގެ ނުވަތަ ދަށު ދަރަޖައިގެ ލަފްޒެއްވެސް އަހަރެންގެ އަނބިމީހާއާއި ދިމާއަށް ބުނެގެން ނުވާނެ.." ހަރު އަޑުން މާލިކް ބުންޏެވެ. 

އަހަރެންގެ ދެ ލޮލެކޭ ދެ ކާއްޓެކޭ އެއްވަރެވެ. އަނގަވެސް ތަންމިނަށް ހުޅުވުނެވެ. ނަމަވެސް ހަމަހޭވެރިކަން ވާނެޖެހޭ ވަގުތެކެވެ. ބުއްދި އިސްކޮށް ވަގުތާއި ހާލަތަށް ރުޖޫއަ ވީމެވެ. 

މާލިކްގެ ދުލުން އަހަރެންނަކީ އޭނާގެ އަނބިމީހާކަމަށް ހާމަކުރުމަކީ 'ބައިނަލް އަގްވާމީ' ފެންވަރުގެ ސުރުހީއެކެވެ. މިވަނީ ކިހިނެއްކަން ވިސްނައިގަންނާން ފަސޭހައެއް ނުވި އެވެ.

"އަނބިމީހާ..!؟" ހައިރާންވެފައި އޭނާވެސް ސުވާލުކުރި އެވެ.

"އާނިޔާ، ހަމަ މިހާރު މިތަނުން ނިކުމޭ! އެންޑް ޔެސް! މައި ވައިފް!" 

"އަހަންނަށް ދޮގު ނުހަދާ.."

"ފުދިއްޖެ!" ކިތަންމެ މަޑުން މާލިކް ބުނެލިޔަސް، އެ ލަފްޒު ފާހަގަކުރީމެވެ. ފޯނު ނަގާފައި ގުޅީ ކާކަށް ކަމެއް ނޭގެ އެވެ. އެމީހަކަށް އެންގީ 'ހަމަ މިހާރު ކެބިން އަށް އައުމަށެވެ'

ހިނދުކޮޅެއްގެ ފަހެވެ. ބާރު ވައިރޯޅިއެއް އެރި ފަދައިން ކެބިންގެ ދޮރު ހުޅުވިއްޖެ އެވެ. 

"އަލިފާން ރޯވ.." ތައިމޫރްގެ ޖުމުލަ ނުނިންމި އެވެ. އޭނާގެ ލޮލުގައި އަޅައިގަތީ އަހަރެންގެ އިތުރުން ކެބިންގައި ހުރި އަންހެން ކުއްޖާ އެވެ. ނުވަތަ 'އާނިޔާ' އެވެ.

"އޫޕްސް... އާނޔޔާ! އާނިޔާ، ހަމަ މިހާރު މި އޮފީހުން ބޭރަށް!" ކުއްލިޔަކަށް ސީރިއަސްވެފައި ތައިމޫރް އެންގީ އާނިޔާ އެތަނުން ނިކުތުމަށެވެ. 

ލާނެއް ފާޑަކަށް ހިނިއައިސްފައި އިތުރަށް 'ތުއި ވެލުން'ފިޔަވައި އާނިޔާގެ ކިބައިން އިތުރު ހަރަކާތެއް ނުފެނުނެވެ.

"އޮތީ ދެ ގޮތް.. އެއް ގޮތަކީ، ހުރިހާ މުވައްޒަފުންގެ ކުރިމަތީން ދަމާފައި ގެންގޮސް މިތަނުން ބޭރުކުރުން..! އަނެއް ގޮތަކީ، އަމިއްލަ ނަފުސުގެ ޝަރަފާ،ފަހުރާއެކު މިތަނުން ނިކުމެގެން ދިޔުން..! އަހަރެން އެބަ ހިތަށް އަރާ ކަލޭ މިތަނަށް އައީ ކީއްކުރަން ބާއޭ؟" 

ތަފާތު ނަޒަރަކުން އޭނާއަށް ބަލައިލާފައި މަލާމާތުގެ ރާގުގައި ތައިމޫރް ބުނެލި އެވެ.

ކުއްލިޔަކަށް އާނިޔާ ހުއްޓުނީ ތައިމޫރްގެ ކުރިމަތީގަ އެވެ. 

ކޯތާފަތުން ފެށިގެން ތައިމޫރްގެ ގަމީސް، ގިރުވާނުގައިވެސް އާނިޔާ އަތް ކާއްތާފި އެވެ. އަނގަހުޅުވިފައި ބަލަހައްޓައިގެން ހުރެވުނެވެ.

"އޯހްހހ ތައިމޫރް..!" އާނިޔާގެ ހަރަކާތްތައް ތަރުޖަމާކުރާން އަހަންނަކަށް ނޭގުނެވެ. 

"މިހާރު އަހަރެންގެ ހަމަ އެއްވެސް މީހެއް ނޫން ތިއީކީ! ގާރލްފްރެންޑެއްވެސް ނޫން.. ރައްޓެއްސެއްވެސް ނޫން.. ދަންނަ މީހެއްވެސް ނޫން.. ފެނުނަސް، ފަކުރުގަނޭ.. އަވަހަށް ދާންވީ ފެންވަރާން ތޯއްޗެއް.. ޗަކްކްކްކކ" ތައިމޫރްގެ ވާހަކަ އާއި އޭނާގެ ހަރަކާތްތަކުން އަހަރެންގެ ހިނިގަނޑެއް ނުހިފެހެއްޓުނެވެ. 

ނަމަވެސް ހިނިގަނޑު މައިތިރިކުރާން މަޖުބޫރުވީ، އަންހެން ކުއްޖާ ނުވަތަ އާނިޔާގެ ދުލުން ބޭރުވި ހުތުރު ލަފުޒުގެ ސަބަބުންނެވެ. އެއީ އަންހެން ކުދިންނަށް އާންމު ލަފްޒެއްކަން އަހަރެން ނުދެނަހުރީމެވެ.

"ގަބޫލުކުރޭ... އަހަރެން ވަރަށް މަޖާނެގިން.. އެކަމަކު މިހާރަކު ބޭނުމެއް ނޫން.. އަންހެނަކު ނުލިބުނަސް، ތިއެއް ދެން ބޭނުމެއް ނޫން.." ތައިމޫރްގެ ވާހަކަތަކުން އަހަރެން އަޖައިބުވި އެވެ. 

ކުއްލިޔަކަށް އެދެމެދުގައި ހަޅޭއްލަވައިގަތީ މާލިކް އެވެ.

"ކަލޭމެން ދެމީހުން މިތަނުން ނިކުމޭ.. ކުރާނެ ކަމެއް ކުރަން އަހަރެންގެ ހިޔާވަހިތަކުން ބޭރުވޭ!" މާލިކްގެ ބާރުގަދަ އަޑާއެކު ދެމީހުން ކެބިން ތެރެއިން ނިކުމެއްޖެ އެވެ. ހިނިއައިސްފައިހުރެ މާލިކްގެ ގާތަށް ޖެހިލީމެވެ.

"އެންގްރީ ބާރޑް، އެންމެ ޑޭޓްއެއް ނޫނީ އެންމެ ކޮފީއަކަށް ދިއުމަކީ ސިއްހަތަށް ގެއްލުން ހުރިކަމެއް ނޫން.. އެވަރު ކޮށްލުމަކީ ގޯހެއްވެސް ނޫން.." އަހަރެން ބުނީމެވެ.

"އެއީ ތޫފަނެއް ކަހަލަ އައްޓަ މަހެއް! އަހަރެންނާއެކު ބޭރަށް ނުދެވިގެން ހޭބަލިވާ އަންހެނެއް އެއީ" ފޫހިކަމާއެކު މާލިކް ބުނެލި އެވެ. 

"އެންމެ ކޮފީއަކަށްވެސް ނޫން، އެންމެ ޑޭޓްއަކަށްވެސް ނޫން.. ކިތަންމެ ޑޭޓަކާއި ކިތަންމެ ކޮފީއަކަށްވެސް ދާނަން އިން ޝާ ﷲ، އެކަމަކު ހަމައެކަނި ކައިރާއާއިއެކު.." އަހަރެންގެ މާލިކް ބުންޏެވެ.

އެއްބަސްވުމުގެ ގޮތުން ލޮލުން ބޮލުން އަހަރެން އިޝާރާތްކުރީމެވެ. 

"ވަރަށް މަސައްކަތް ކުރެވިއްޖެ.. އަހަރުމެންގެ ދަރިފުޅު ހޭލައްވާލައިގެން، ޕާކަކަށް ގޮސްލަން ހިނގާ!" ލެޕްޓޮޕް ލައްޕައިލަމުން މާލިކް ބުނެލި އެވެ.

"އަހަރުމެންގެ ދަރިފުޅު..؟" އަހަރެން ސުވާލުކޮށްލީމެވެ.

ހަމަކުއްލިޔަކަށް ދެލޮލުގެ ކަޅި ހުއްޓުނެވެ. ލިބުނު ހައިރާން ކަމަކުންނެވެ. ކުއްލިޔަކަށް ނޭފަތު ކުރީގައި މާލިކް 'ކިސްކޮށްލީ' އެވެ. ހަރަކާތް ހުއްޓުނެވެ!

"ހޫމް.. އަހަރުމެން ދެމީހުންގެ ދަރިފުޅު"

"މާލިކް"

"އަމިއްލަ ސިކުނޑި މާބޮޑަށް ހާސްނުކޮށްބަލަ.. ހަމަޖެހިލަބަލަ.. ކައިރާއަށްޓަކައި ވަރަށް ހާއްސަ ކަމެއްވެސް މިރޭ އެބަ އޮތް" މާލިކް ބުންޏެވެ.

"ވަޓް؟"

"ސަޕްރައިޒް"

"ޝައުގުވެރިވާ ކަމެއް ނޫން"

އެކަން އިނގޭ، އެކަމަކު މިރެއަށް އިންތިޒާރުކޮށްލާ... މިރޭގެ ފަހުން ސަޕްރައިޒްތަކަށްވެސް ކައިރާ ޝައުގުވެރިވާނެ (ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;