ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ އަހާށޭ ބުނާނަން ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭކިން ޑިރެކްޓަރު އަލީ ޒުހައިރު ވިދާޅުވީ އެ ކުންފުނިން ހުޅުމާލޭގައި ހުރި 12000އަށް ވުރެ ގިނަ ފްލެޓްތައް ބަލަހައްޓަމުންގެންދާކަމަށެވެ. އަދި އެ ފްލެޓްތަކުގައި ދިރިއުޅޭ މީހުންގެ ތެރެއިން %50 ކުލި ނުދައްކާކަމަށް ޒުހައިރު ވިދާޅުވި އެވެ.
އެކި ހާލަތްތައް ކުރިމަތިވެގެން ސޯޝަލް ހައުސިން ޔުނިޓްތަކަށް ގަވާއިދުން ކުލި ނުދައްކާ މައްސަލަ އަބަދުވެސް ފެންމަތިވެ އެވެ.
ހުޅުމާލޭގެ ފްލެޓްތަކުން ކުލީގެ ގޮތުގައި ނުލިބިވާ ފައިސާގެ އަދަދު 700 މިލިއަން ރުފިޔާއަށް ވުރެ ގިނަ ކަމަށް، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެޗްޑީސީން މިދިޔަ އަހަރުގެ މެއި މަހު އޮންލައިން ނޫހަކަށް ދީފައިވާ މައުލޫމާތުގައިވެ އެވެ.