ads
ސްޕެއިން ޕައިލެޓުކަން ކިޔަވާ ދިވެހި ދަރިވަރަކު ދުއްވި މަތިންދާ ބޯޓު ވެއްޓިފައި
ސްޕެއިންގައި ޕައިލެޓުކަން ކިޔަވާ ދިވެހި ދަރިވަރަކު ދުއްވި ކުޑަ މަތިންދާ ބޯޓެއް ވެއްޓި އަނިޔާވެއްޖެ
ސްޕެއިންގައި ޕައިލެޓުކަން ކިޔަވާ ދިވެހި ދަރިވަރަކު ދުއްވި ކުޑަ މަތިންދާބޯޓެއް ވެއްޓި، މިއަދު އަނިޔާވެއްޖެ އެވެ.
Advertisement

މި ހާދިސާގައި ދިވެހި ދަރިވަރުގެ އިތުރުން އެ ކުޑަ މަތިންދާ ބޯޓުގައި އިން އިންސްޓްރަކްޓަރަށް ވެސް ވަނީ އަނިޔާވެފަ އެވެ. 

އެ ބޯޓުގައި ތިބީ އުދުހުމުގެ 700 އަށް ވުރެ ގިނަ ގަޑިއިރު ހަމަކޮށްފައިވާ އިންސްޓްރަކްޓަރާއި، ތަމްރީނުގެ ފަހު މަރުހަލާގައި އުޅޭ ދިވެހި ދަރިވަރެއް ކަމަށް ނޫހުގައިވެ އެވެ. ނަމަވެސް އެ ދިވެހި ދަރިވަރާ ގުޅޭ އިތުރު ތަފުސީލެއް އަދި ސާފެއް ނުވެ އެވެ.

"ލަ ރިއޯޖާ" ނޫހުގައި، އެ ހާދިސާގައި އަނިޔާވީ ދިވެހި ދަރިވަރަކަށް ކަމަށް ބުނެފައިވީ ނަމަވެސް، އެހެން ދެ ނޫހެއްގައި ވަނީ، ހާދިސާގައި އަނިޔާވީ ޕާކިސްތާނުގެ ދަރިވަރެއް ކަމަށް ރިޕޯޓުކޮށްފަ އެވެ.

ސްޕެއިންގެ ސިވިލް އޭވިއޭޝަން ސޭފްޓީ އެޖެންސީގެ ބެލުމުގެ ދަށުން މި ހާދިސާގެ ތަހުގީގު ފަށާފައިވާއިރު، މީގެ ހަތަރު މަސްދުވަސް ކުރިން ވެސް އެ އެކެޑެމީގެ ބޯޓެއްގެ ލޭންޑިން ގިއަރަށް މައްސަލައެއް ދިމާވެ އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ރިޕޯޓްތައް ބުންޏެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;