ads
ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ (އެސް.އައި.އައި) އާއި ސްޓޭޓް ފާމާގެ ބައްދަލުވުމުގެތެރެއިން
ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ އާއި ސްޓޭޓް ފާމާ ބައްދަލުވުމެއް ބާއްވައިފި
ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ (އެސް.އައި.އައި) އާއި ސްޓޭޓް ފާމާ ބައްދަލުވުމެއް ބާއްވައިފި އެވެ.
Advertisement

ސެޓޭޓް ފާމާގެ އޮފިސަލަކު ސީއެންއެމް އަށް ވިދާޅުވި ގޮތުގައި މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ރާއްޖެއަށް ބޭނުންވާ ވެކްސިނާއި އެހެނިހެން އަސާސީ ފާމަސޫޓިކަލް އުފެއްދުންތައް އިތުބާރާއެކު ފޯރުކޮށްދިނުން އިތުރަށް ހަރުދަނާކުރުމަށް ހުރި ފުރުސަތުތައް ދެނެގަނެ، އެކަމާ ގުޅޭގޮތުން މަޝްވަރާކުރުން ކަމުގައި އެވެ. 

ސީރަމް އިންސްޓިޓިއުޓްގެ ޑިރެކްޓާ އޮފް އިންޓަނޭޝަނަލް ބިޒްނަސް، މިސްޓާ ސަންދީޕް މުލޭ ރާއްޖެއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ބޭއްވުނު މި ބައްދަލުވުމުގައި، ވެކްސިން ފޯރުކޮށްދިނުމުގެ އިތުރުން، ބޭހާއި ސިއްހީ ސާމާނު ހޯދުމުގެ ނިޒާމު ހަރުދަނާކުރުމާއި، ކުރިމަގުގައި ހިންގުމަށް ރޭވިފައިވާ އާންމު ސިއްހަތުގެ އެކި ޕްރޮގްރާމްތަކުގައި ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުން ކަމަށް އޭނާ ވިދާޅުވި އެވެ. 

‎ސީރަމް އިންސްޓިޓިއުޓަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ވެކްސިން އުފައްދާ ކުންފުންޏެވެ. އަދި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއު.އެޗް.އޯ) އާއި އދ. ގެ އެހީގައި ހިންގާ ވެކްސިން ޕްރޮގްރާމްތަކަށް އެންމެ ގިނައިން ވެކްސިން ފޯރުކޮށްދޭ އެއް ފަރާތަކީވެސް އެ ކުންފުންޏެވެ. 

އެގޮތުން، އާންމު ސިއްހަތު ރައްކާތެރިކުރުމަށް ބޭނުންވާ ގިނަ ބާވަތްތަކެއްގެ ފެންވަރު ރަނގަޅު ވެކްސިން އެ ކުންފުނިން ދަނީ އުފައްދަމުންނެވެ.

‎މި ބައްދަލުވުމަކީ ބައިނަލްއަގުވާމީ ސަޕްލަޔަރުންގެ ވިއުގަ އިތުރަށް ހަރުދަނާކޮށް، ދުނިޔޭގެ ފުންނާބުއުސް ފާމަސޫޓިކަލް ކުންފުނިތަކާއެކު އޮންނަ ގުޅުން ބަދަހިކުރުމަށް ސްޓޭޓް ފާމާއިން ކުރަމުންދާ މަސައްކަތުގެ މުހިންމު ފިޔަވަޅެެއް ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.  

މި މަސައްކަތުގެ އެންމެ ބޮޑު ބޭނުމަކީ ރައްޔިތުންނަށް ބޭނުންވާ ފެންވަރު ރަނގަޅު ރައްކާތެރި ބޭހާއި ވެކްސިން، ދަތިކަމެއްނެތި ދެމެހެއްޓެނިވި ގޮތެއްގައި ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށް އޭނާ ވިދާޅުވި އެެވެ 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;