ads
މާލޭ ޓެކްސީ ލޯންޗުކުރިރޭ އެމްޓީސީސީގެ މުވައްޒަފުންތަކެއް
ޓެކްސީ އެޕްގެ މައުލޫމާތު ލީކްކުރި މުވައްޒަފުގެ މައްސަލަ ފުލުހަށް
އެމްޓީސީސީން ތަރައްގީކުރި "މާލެ ޓެކްސީ ލައިން" އެޕްލިކޭޝަން ހެކުކޮށް، އާންމުންގެ ޒާތީ ގިނަ މައުލޫމާތުތަކެއް ސޯޝަލް މީޑިއާއަށް ލީކުކޮށްލި މުވައްޒަފުގެ މައްސަލަ ތަހުގީގުކުރަން ދިވެހި ފުލުހުންގެ ހިދުމަތަށް ހުށައަަޅައިފިކަމަށް އެ ކުންފުނިން ބުނެފި އެވެ.
Advertisement

އެމްޓީސީސީން އިން އިއްޔެ ބުނީ އެ ކުންފުނިން ތަރައްގީކުރި "މާލެ ޓެކްސީ ލައިން" އެޕްލިކޭޝަން ހެކުކޮށް، އާންމުންގެ ޒާތީ ގިނަ މައުލޫމާތުތަކެއް ސޯޝަލް މީޑިއާއަށް ލީކުކޮށްލީ ސިޔާސީ މަގުސަދެއްގައި އެ ކުންފުނީގެ މުވައްޒަފެއް ކަމަށެވެ. އެހެންނަމަވެސް އެ މުވައްޒަފުގެ ވަނަވަރެއް ހާމަކޮށްފައެއް ނުވެއެވެ. 

" މާލެ ޓެކްސީ ލައިންގެ ހިދުމަތުގައި ބޭނުންކުރާ މޮބައިލް އެޕްލިކޭޝަންގެ މައުލޫމާތު ލީކްކުރި މުވައްޒަފުގެ މައްސަލަ ތަހުގީގުކުރަން މިކުންފުނިން ރަސްމީކޮށް ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވާ ވާހަކަ އެމްޓީސީސީގެ އެންމެހައި ހިއްސާދާރުންނާއ،ި ކަސްޓަމަރުންގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ." އެމްޓީސީސީން މިއަދު ނެރުނު ބަޔާނެއްގައި ވެއެވެ.

ޓެކްސީ ލައިންގެ އެޕްލިކޭޝަނާއި އެކަމާ ގުޅޭ ހިދުމަތްތައް ދިނުމަށް އެމްޓީސީސީން 13 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އެކަން ހަވާލުކުރީ ފިކްސްޑް މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ.

އެ އެޕްލިކޭޝަން ހެކުކޮށްފައިވާކަން އެނގުނީ ޓެކްސީ ހިދުމަތްދޭ ބައެއް ޑްރައިވަރުންގެ ނަން ބަދަލުކުރި ހިސާބުންނެވެ.

އޭގެ ފަހުން ސޯޝަލް މީޑިއާއަށް ލީކުކޮށްލި މައުލޫމާތުގެ ތެރޭގައި:

- ހިދުމަތް ބޭނުންކުރި އާންމުންގެ ނަން، ފޯނު ނަންބަރު، ވޮލެޓު އައިޑީ އަދި އީމެއިލް އެޑްރެސް

- ކަސްޓަމަރުން ކޮށްފައިހުރި މެސެޖުތައް

- ކަސްޓަމަރުން ކުރި ދަތުރުތަކުގެ ތަފްސީލު

އެޕްގައި ހިމެނޭ ޒާތީ މައުލޫމާތު ލީކްވުމާއި ގުޅިގެން އެމްޓީސީސީން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ ޓެކްސީ އެފް ބަޔަކު ހެކް ކުރިކަމަށް ބުނެ ދައުރުވާ ވާހަކަތަކަކީ ދޮގެއް ކަމަށެވެ. 

އެގޮތުން އެޕްގެ ބެކް އެންޑު ޑޭޓާބޭސް ސިސްޓަމްގައި ހުރި މައުލޫމާތުތަކަށް ބަދަކު ގެނެސް ސިސްޓަމްގައި ހުރި މައުލޫމާތުތައް ސްކްރީން ޝޮޓްނަގާ ލީކް ކޮށްލާފައިވަނީ އެ ކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފެއްކަން އެތެރޭގެ ތަހުގީގުން އެނގިފައިވާކަމަށެވެ.

" މި މުވައްޒަފު އެކަން ކޮށްފައިވަނީ އެއްވެސް ހުއްދައަކާއި ނުލައި އަމިއްލަ ޒާތީ އަދި ސިޔާސީ މަގުސަދެއް ހާސިލުކުރުމުގެ ނިޔަތުގައިކަން ފާހަގަކުރަން ." އެމްޓީސީސީން އިއްޔެ ނެރުނު ބަޔާނުގައިވެ އެވެ.

އެކުންފުނިން ބުނީ މި ނޭދެވޭ އަމަލު ހިންގަފައިވާ މުވައްޒަފު މިހާރު ވަނީ ވަޒީފާގެ ޒިންމާތަކުން އެކަހެރިކޮށްފައި ކަމަށެވެ. އަދި ކުންފުނީގެ އުސޫލަތަކުގެ ތެރެއިން އަޅަންޖެހޭ އެންމެ ހަރުކަށި ފިޔަވަޅު އެ މުވައްޒަފާއި ދެކޮޅަށް އަޅާނެކަމުގެ ޔަގީންކަން ދޭކަމަށްވެސް އެމްޓީސީސީން އިއްޔެ ވަނީ ބުނެފަ އެވެ. 

ޓެކްސީ އެޕުގެ ބެކްގްރައުންޑު ޑޭޓާ ބޭސް ސިސްޓަމަށް ބަދަލު ގެނައިކަން ކުންފުނީގެ އައިސީޓީ ނެޓުވޯކް ސެކިއުރިޓީ ސިސްޓަމަށް ފާހަގަވުމާއެކު، ވަގުތުން އެ ސިސްޓަމް ސެކިއުރިޓީ ލޮކްޑައުންއަކަށް ގެނައި ކަމަށް އެމްޓީސީސީން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;