ކަސްޓަމުން ބުނީ މިދިޔަ ހޮނިހިރު ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނައި ޕެކޭޖެއް ބަލާ ފާސްކުރަމުންދިޔަ އިރު އޭގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ޝައްކުކުރެވިގެން ކަސްޓަމުން އިތުރަށް ބެލިކަމަށެ ވެ.
އެގޮތުން އިތުރަށް ބެލި ބެލުމުން އެ ޕޭކޭޖްގެ ތެރެއިން 3.2 ކިލޯއަށްވުރެ ގިނަ ޑްރަގު ފެނިފައިވާކަމަށް ކަސްޓަމުން ބުނެ އެވެ.
ކަސްޓަމްސްއިން ބުނީ އަތުލައިގެންފައިވަނީ ކެނަބިސް ކަމަށެވެ. އަދި އެތަކެތީގެ ބަރުދަނުގައި 3252 ގްރާމް ހުރިކަމަށެ ވެ. މި މައްސަލާގައި މީހަކު ހައްޔަރުކުރިކަމެއް ކަސްޓަމަކުންވެސް އަދި ފުލުހުންގެ އިދާރާއިންވެސް މިހާތަނަށް ބުނެފަ އެއް ނުވެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;