މި ފަހަރު ފިލްމީ ދުނިޔޭގައި އެންމެ ބޮޑަށް ދެކެވެނީ އޭނާގެ އާއިލާއަށް އައި އުފާވެރި ބަދަލުގެ ވާހަކައެވެ. އުމުރުން 79 އަހަރުގައި އޭނާއަށް ހަތްވަނަ ދަރިފުޅު ލިބުނުއިރު، އާއިލާގެ ކުދިންގެ މެދުގައި އޮތް އުމުރުގެ ތަފާތު ވަރަށް ބޮޑެވެ.
ރޮބަޓް ޑެ ނީރޯއާއި އޭނާގެ ބައިވެރިޔާ ޓިފަނީ ޗެންއަށް 2023 ވަނަ އަހަރުގެ އެޕްރީލް މަހު ލިބުނު އަންހެން ދަރިފުޅު ޖިއާއާއި، އޭނާގެ އެންމެ ދޮށީ އަންހެން ދަރިފުޅު ޑްރީނާއާއި ދެމެދު 51 އަހަރުގެ ތަފާތެއް އޮތުމަކީ ހޮލީވުޑްގައިވެސް މަދުން ނޫނީ ނުފެންނަ ވަރުގެ ކަމެކެވެ. އުމުރުން 51 އަހަރުގެ ޑްރީނާއަކީ އޭނާގެ އެންމެ ހަގު ކޮއްކޮއަށް ވުރެ 51 އަހަރު ދޮށީ ކުއްޖެކެވެ.
އުމުރުން ކިތަންމެ ދޮށީ އަދި ކިތަންމެ ބޮޑު ތަފާތެއް އާއިލާގައި އޮތް ނަމަވެސް، ރޮބަޓް ޑެ ނީރޯ ބުނެފައިވަނީ އޭނާގެ ދަރިންނާއެކު ވަގުތު ހޭދަކުރުމަކީ ލިބޭ އެންމެ ބޮޑު އުފާ ކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;