ads
ކަސްޓަމްސް
ވަތަނީ ހިދުމަތުގެ ކުދިންނަށް ލެވޭގޮތަށް ކަސްޓަމުން 26 ވަޒިފާއަށް ހުޅުވާލައިފި
ވަތަނީ ހިދުމަތުގެ ކުދިންނަށް ކުރިމަތިލެވޭ ގޮތަށް ކަސްޓަމުން 26 ވަޒިފާއަކަށް މުވައްޒަފުން ހޯދަން ހުޅުވާލައިފި އެވެ.
Advertisement

ކަސްޓަމުން މުވައްޒަފުން ހޯދަނީ އެސިސްޓެންޓް ކަސްޓަމްސް އޮފިސާ ޓްރޭނީގެ މަގާމަށެ ވެ. 

މި މަގާމުގެ އަސާސީ މުސާރައަކީ -/5,000 ރުފިޔާކަމަށް ކަސްޓަމުން ބުނެއެވެ. އަދި މަގާމުގެ އެލަވަންސްގެ ގޮތުގައި މަހަކު -/4,660 ރުފިޔާ އާއި އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/75 ރުފިޔާ ލިބޭނެކަމަށް ކަސްޓަމުން ބުނެ އެވެ. އަދި އޭގެއިތުރުން ދައުލަތުގެ ޕޭ ފްރޭމްވާކްގެ މިންގަނޑުތަކާ އެއްގޮތަށް، ކޮއްތުފައިސާއާއި، އިތުރުގަޑީގެ ފައިސާއާއި، ބަންދު ފައިސާއާއި، އެހެނިހެން އިނާޔަތްތައްވެސް ލިބޭނެކަމަށް ކަސްޓަމުން ބުނެ އެވެ. 

މަގާމުގެ ޝަރުތުތައް 

  • ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން؛ 
  • ކަސްޓަމްސްގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން؛
  • ދިވެހިރާއްޖޭގެ ނޭޝަނަލް ސާވިސް ޕްރޮގްރާމް ނުވަތަ އެފަދަ ކަސްޓަމްސްގެ މަސައްކަތާ ގުޅުންހުރި ގައުމީ ޕްރޮގްރާމެއް ފުރިހަމަކޮށް ސެޓްފިކެޓެއް ހާސިލްކޮށްފައިވުން.

މި ވަޒީފާތަކަށް އެދޭ ފަރާތްތަކުން މިމަހުގެ 24 ވާ ހޯމަ މެންދުރު 14:00 ގެ ކުރިން ހުށައެޅުމަށް ކަސްޓަމުން އެދެ އެވެ. ވަޒީފާއިން އެދި ހުށައަޅަން ޖެހޭނީ "ރެކްރޫޓްމެންޓް ޕޯޓަލް" މެދުވެރިކޮށް ކަމަށް ކަސްޓަމުން ބުނެއެވެ. އަދި ސުންގަޑި ހަމަ ވުމަށް ފަހު ހުށަހެޅޭ ތައުލީމީ ސެޓިފިކެޓަށް މާކްސް ނުދެވޭނެކަމަށްވެސް ކަސްޓަމުން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;