ads
މާފުށި ޖަލު
ޖަަލުތަކަށް ވައްދާ ސިމްގެ ވެރިންނަށް ފިޔަވަޅު އަޅަނީ
ޖަލުތަކަށް ވައްދާ މޯބައިލް ސިމްކާޑުތައް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް ޤާނޫނީ އަދި އިދާރީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅޭކަން ކަށަވަރުކުރަން ވަޒީރުންގެ މަޖިލިހުން ނިންމައިފި އެވެ.
Advertisement

ޖަލުތަކަށް ގިނަ އަދަދެއްގެ ފޯނާއި ސިމްކާދޫ ވައްދާ މައްސަލައަކީ ދޭތެރެ ދޭތެރެއިން ފެންމަތިވާ މައްސަލައެކެ ވެ. އެފަދަ މައްސަލަތަކުގައި ފުލުހުން ޖަލުގައި އޮޕަރޭޝަންތައް ހިންގާ ގިނަ އަދަދެއްގެ ފޯނާއި ސިމްތައްވެސް އަތުލައިގަނެފައި ވެއެވެ. 

ރައީސް އޮފީހުން ބުނީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުން ވަނީ، ޖަލުތަކަށް ވައްދާ މޯބައިލް ސިމްކާޑުތައް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް ޤާނޫނީ އަދި އިދާރީ ގޮތުން އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅޭކަން ކަށަވަރުކުރެއްވުމަށް ނިންމާފައި ކަމަށެވެ. އަދި މީގެއިތުރުން ރާއްޖޭގައި މޯބައިލް ސިމްކާޑު ދޫކުރުމުގެ އުސޫލު ހަރުދަނާކުރެއްވުމުގެ ގޮތުން، އަންސްކިލްޑް ބިދޭސީންނަށް، ކޮންމެ ފަރާތަކަށް 1 ސިމްކާޑަށްވުރެ އިތުރަށް ދޫނުކުރައްވާގޮތަށް ހަމަޖެއްސުމަށްވެސް ވަޒީރުން މަޖިލީހުން ވަނީ ނިންމާފަ އެވެ. އަދި ސިމްކާޑު ހަލާކުވެ ނުވަތަ ގެއްލިއްޖެ ހާލަތެއްގައި، ފުލުހުންނަށް ހުށަހަޅައިގެން ކަނޑައެޅޭ ވަކި ޕްރޮސެސްއެއްގެ ތެރެއިން މެނުވީ އިތުރު ނަންބަރެއް ދޫނުކުރާ ގޮތަށް ހަމަޖެއްސެވުމަށްވެސް ިއއްޔެ ވަޒީރުން މަޖިލީހުން ވަނީ ނިންމާފަ އެވެ. 

ފޯންކޯލްތައް ކޮށް، މީހުންނަށް އޮޅުވާލައިގެން ފައިސާ ހޯދަން ހިންގައޮފައިވާ ގިނަ ސްކޭމްތައް ހިންގާފައިވަނީ ޖަލުގެ ތެރެއިންކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;