ސްޓެލްކޯއިން ބުނީ މި ފޯރަމަކީ އެކުންފުނިން އިސްނަގައިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިންސާނީ ވަސީލަތްތައް ތަރައްގީކޮށް، ދާއިރާގެ ތަޖުރިބާތަކާއި މުހިންމު މައުލޫމާތުތައް ހިއްސާކުރުމުގެ މަގުސަދުގައި ކުރިއަށްގެންދިޔަ ފޯރަމެއްކަމަށެ ވެ.
މި ފޯރަމް ކުރިޔަށް ގެންގޮސްފައިވަނީ އިއްޔެ ކ. ތުލުސްދޫގައި ހުންނަ ސްޓޭޓް ޔުޓިލިޓީ ސްކިލްސް އެކަޑަމީގަ އެވެ.
ސްޓެލްކޯއިން އިސްނަގައިގެން ބޭއްވި "އެޗް.އާރް އިންސައިޓް" ފޯރަމް ފެށުމުގެ ތެރެއިން
މި ފޯރަމް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސް މުހައްމަދު ނިޒާރު އަދި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޑރ. ޢަލީ އަޒްވަރުއެވެ. މި ފޯރަމްގައި ސަރުކާރު ހިއްސަވާ 13 ކުންފުންޏަކުން ޖުމްލަ 35 ފަރާތަކުން ވަނީ ބައިވެރިވެފައިވާކަމަށް ސްޓެލްކޯއިން ބުނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;