ads
އެމްއެމްއޭ މައި އޮފީސް
ގާނޫނާ ހިލާފަށް ޑޮލަރުގެ މުއާމަލާތް ކުރާތީ ފިޔަވަޅު އަޅައިފި
ބޭރު ފައިސާ މާރުކުރުމުގެ ހިދުމަތްދޭ "އެކްސްޕްރެސް މަނީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް" އިން މަނީ ޗޭންޖިން ވިޔަފާރިއާ ބެހޭ ގަވައިދާ ހިލާފުވުމުން ލައިސަންސް ބާތިލްކޮށްފި އެވެ.
Advertisement

މިކަމާ ގުޅޭގޮތުން އެމްއެމްއޭއިން ނެރުނު ބަޔާނުގައި ބުނީ، މަނީ ޗޭންޖިން ވިޔަފާރިއާއި ބެހޭ ގަވާއިދާ ހިލާފުވުމުން، އެކްސްޕްރެސް މަނީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ، ލައިސަންސް މިދިޔަ ބުރާސްފަތިދުވަހު ބާތިލްކޮށްފައިވާ ކަމަށެވެ. ލައިސަންސް ބާތިލް ކުރީ މަނީ އެކްސްޗޭންޖް ވިޔަފާރިތައް ސުޕަވައިޒް ކުރުމުގެ ތެރެއިން ގަވާއިދާ ހިލާފުވާކަން ފާހަގަކުރެވުމާއި ގުޅިގެން ކަމަށް އެމްއެމްއޭއިން ވިދާޅުވިއެވެ.

އެމްއެމްއޭއިން ވަނީ ބޭރުފައިސާ ގަނެވިއްކުމުގައި ހުރިހާ ފަރާތްތަކުން ގާނޫނާއި ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކުރައްވާފަ އެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ގަވާއިދާ ހިލާފުވާ ފަރާތްތަކާއި މެދު ތަންފީޒީ އިދާރާތައް ގުޅިގެން ފިޔަވަޅު އަޅާނެ ކަމަށް، އެމްއެމްއޭއިން ބުންޏެވެ.

"ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ކުރުމުގައި ގާނޫނާއި ގަވައިދާ އެއްގޮތުގެ މަތިން ހުރިހާ ފަރާތްތަކުން ވެސް އަމަލުކުރުމަށް މި އޮތޯރިޓީން އިލްތިމާސްކުރަމެވެ." އެމްއެމްއޭގެ ބަޔާނުގައިވެ އެވެ. 

އަދި ގާނޫނާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތް ހިންގާ ފަރާތްތަކާ ދެކޮޅަށް، ކަމާ ބެހޭ ތަންފީޒީ އިދާރާތަކާ ގުޅިގެން ފިޔަވަޅު އެޅުމަށް ތައްޔާރަށް ތިބި ކަމަށްވެސް އެ އޮތޯރިޓީ ވަނީ ބުނެފަ އެވެ.

ކަޅުބާޒާރުގައި ޑޮލަރު ވިއްކާ އަގުތައް އާންމުކޮށް ރިޕޯޓުކުރުމާއި އިޝްތިހާރު ކުރުމަކީ ކުށެއް ކަމަށް ކަނޑައަޅައި، އެފަދަ އަމަލުތައް ހިންގާ ފަރާތްތައް ބައި މިލިއަން (ފަސް ލައްކަ) ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ބިލަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ އިސްލާހު ގެނެސްފަ އެވެ.

އެ ކަމާ ގުޅިގެން ކުރީގެ އިކޮނޮމިކް މިނިސްޓަރު އަހްމަދު މުހައްމަދު އެކްސްގައި ކުރެއްވި ކުރު ޕޯސްޓެއްގައި ވަނީ، މިހާރު ސަރުކާރުން ހުށަހަޅާފައިވާ ޖޫރިމަނާތަކަކީ އެމްއެމްއޭގެ ގާނޫނުގައި މިހާރު ވެސް އޮތް އެއްޗެއް ކަމަށެވެ. އަދި، މައްސަލައަކީ، ގާނޫނު ތަންފީޒު ނުކުރެވުން ކަމަށް އަހުމަދު ލިޔުއްވާފައިވެ އެވެ.

ރާއްޖޭގެ މެކްރޯ އިގްތިސާދީ ހާލަތަށް ބަލާއިރު، ބޭރު ފައިސާ ލިބުން ދަތިވެ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ. މި މައްސަލައަށް ހައްލެއް ގެންނަން ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ %20 ބޭންކުތަކަށް މާރު ކުރަން ވަނީ މަޖުބޫރުކޮށްފަ އެވެ. 


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;