ރައީސް އޮފީހުން ނީލަމުގައި ވިއްކާލި މޭޒަކީ އެނގިފައިވާ ގޮތުގައި ބައެއް ރަސްމީ ކަންކަމުގައި ބޭނުންކުރި މޭޒެކެވެ.
އެ މޭޒަކީ އެކި ކަހަލަ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތުތަކުގައި ބޭނުންކުރުމަށް ބައެއް ފަހަރު ނެރޭ މޭޒެއްކަން ވަނީ އެނގިފަ އެވެ.
ނީލަމުގައި ވިއްކާލީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފުރަތަމަ ބޭނުންކުރެއްވި މޭޒުކޮޅެވެ. އެއްފަހު މުހައްމަދު ނަޝީދާއި ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ރައީސް އަބްދު ﷲ ޔާމީންގެ އިތުރުން އެންމެ ފަހުން ވެރިކަން ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސާލިހްވެސް ބޭނުންފުޅު ކުރެއްވި މޭޒެއްކަމަށް ބުނެ ދެކެވޭ ވާހަކަތައް ރައީސް އޮފީހުން ވަނީ ދޮގުކޮށްފަ އެވެ.
އެ މޭޒުކޮޅު ރައީސް އޮފީހުން ނީލަމުގައި ވިއްކާލީ 12500 އަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;