ވައިގެމަގުން ގެނައި 3 ކިލޯގެ ކެނަބިސް އަތުލައިގެންފި އެވެ.

Advertisement
ކަސްޓަމުން ބުނީ ވައިގެމަގުން ރާއްޖެއެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގަތީ މިދިޔަ ހުކުރު ދުވަހު ކަމަށެެވެ.
މިތަކެތި އަތުލައިގަނެފައިވަނީ ވައިގެމަގުން ރާއްޖެ ގެނެސްފައިވާ އެއާފްރައިޓް ޝިޕްމަންޓެއްގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ކަސްޓަމްސްއަށް ޝައްކުކުރެވިގެން، އިތުރަށް ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ކަސްޓަމުން ބުނެ އެވެ.
އެގޮތުން ރާއްޖެ އެތެރެކުރަން އުޅުނު ކެނަބިސްގެ ބަރުދަނުގައި 3 ކިލޯ 800 ގުރާމު ހުރިކަމަށް ކަސްޓަމުން ބުނެ އެވެ.