ads
ސަލްމާ ހަޔެކް
ސަލްމާއަށް މާމަ ކިޔައިފި
ހޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ސަލްމާ ހަޔެކް އުމުރުން 59 އަހަރުގައި ފުރަތަމަ ފަހަރަށް މާމައަކަށް ވެއްޖެ އެވެ.
Advertisement

އޭނާ މާމައަކަށްވީ, އޭނާގެ ދޮންދަރިފުޅު ފްރާންސުވާ ޕިނޯ ޖޫނިއާ އާއި އޭނާގެ އަންހެނުންނަށް ފިރިހެން ކުއްޖަކު ލިބުމާ ގުޅިގެންނެވެ. އާއިލާއަށް އަލަށް އިތުރުވި މި ކުއްޖާއާއެކު ސަލްމާގެ އާއިލާއަށް ވަނީ ބޮޑު އުފާވެރިކަމެއް ލިބިފަ އެވެ.

މި ކުއްޖާއަށްވެސް އާއިލީ ނަމެއް ކަމަށްވާ "ފްރާންސުވާ" ކިޔާފައިވާއިރު، ސަލްމާ ވަނީ އެ ކުއްޖާއަށް ލޯބިން ކިޔާނެ ވަކި ނަމެއް ހަމަޖައްސާފަ އެވެ. ކާފަދަރިފުޅަށް ލޯބިން ކިޔާނީ "ޕަންޗީޓޯ" ކަމަށް ސަލްމާ ބުންޏެވެ. އަދި އޭނާ ވަނީ މާމަ ދަރިފުޅު އުރާލައިގެން ހުރެ ލޯބިން ވާހަކަދައްކާ މަންޒަރު ފެންނަ ހިތްގައިމު ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ. މި ވީޑިއޯއަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފަ އެވެ.

your imageސަލްމާ މާމަ ދަރިފުޅާއެކު

ސަލްމާ އާއި މަޝްހޫރު ވިޔަފާރިވެރިޔާ ފްރާންސުވާ އޮންރީ ޕިނޯ ކައިވެނިކޮށްފައިވަނީ 2009 ވަނަ އަހަރު އެވެ. މި ކައިވެންޏަށްފަހު ފްރާންސުވާގެ ކުރީގެ ކުދިންނަށް ސަލްމާ ވެގެންދިޔައީ ވަރަށް ގާތް މަންމައަކަށެވެ. މި ދެމަފިރިންނަށް ލިބިފައިވާ އުމުރުން 18 އަހަރުގެ އަންހެން ދަރިފުޅު ވެލެންޓީނާ އާއެކު، ކާފަދަރިފުޅު ލިބުމުން މި އާއިލާ ވަނީ އިތުރަށް ފުރިހަމަވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;