ads
އުލިގަމުގައި ޔޮޓު މެރީނާއެއް ހެދުމުގެ އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ކެޕްޓަން ހުސެއިން ޝަފީގާއި އުލިގަމު ކައުންސިލުގެ ފަރާތުން ކައުންސިލުގެ ރައީސް އަސަދުﷲ މުހައްމަދު ސޮއި ކުރައްވަނ - ފޮޓޯ: އެމްޕީއެލް
އުލިގަމުގައި ޔޮޓް މެރީނާ ހަދަން އެމްޕީއެލްއާ ބިން ހަވާލުކޮށްފި
ހއ. އުލިގަމުގައި ޔޮޓް މެރީނާއެއް ހެދުމަށް ބޭނުންވާ ބިމުގެ އެއްބަސްވުމުގައި އެމްޕީއެލް އާއި އުލިގަމު ކައުންސިލުން އިއްޔެ ސޮއިކޮށްފި އެވެ.
Advertisement

މި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ކެޕްޓަން ހުސެއިން ޝަފީޤެވެ. އަދި އުލިގަމު ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ، ކައުންސިލުގެ ރައީސް އަސަދުﷲ މުހައްމަދެވެ. 

އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްގީ ކުރުމަށް އެމްޕީއެލް އާއި އުލިގަމު ކައުންސިލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ 1 އޮގަސްޓު 2024 އެވެ. 

އުލިގަމުގެ ޔޮޓް މެރީނާއާ ގުޅޭ ގޮތުން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އިކޮނޮމިކް މިިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ އެ ޔޮޓް މެރީނާގެ ސަބަބުން އުލިގަމާއި އުތުރު ސަރަހައްދަކީ ޔޮޓްތަކަށް ހާއްސަ ސަރަހައްދަކަށް ވެގެންދާނެ ކަމަށެވެ.

"އުލިގަމުގައި ޔޮޓް މެރީނާއެއް ގާއިމުވެގެން ދިއުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މުހިންމު ވައުދުފުޅެއް ހަގީގަތަކަށްވެގެން ދިއުން" މިނިސްޓަރު ވިދާޅުވި އެވެ.
އެމްޕީއެލްއާ އިއްޔެ ބިން ހަވާލުކުރީ ޔޮޓްމެރީނާ ހިންގަން ފަށާތާ ތިން އަހަރު ފަހުން ކުލި ނަގާ ގޮތަށެވެ.


ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ އުލިގަމަކީ ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރުގެ މުހިންމު މަގަކަށް ވާއިރު ގިނަ އަދަދެއްގެ ޔޮޓްތައް މިހާރު ވެސް އުލިގަމު ފަޅުގައި ބަނދަރުކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;