ads
ފަތުރުވެރިންތަކެއް ވެލާނާ އެއާޕޯޓްގައި
އަންނަ ޓޫރިސްޓުން މަދުވިޔަސް ޓޫރިޒަމުން ލިބުނު ފައިސާ އިތުރު: އެމްއެމްއޭ
މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދުދު ދަށްވި ނަމަވެސް، އެ ސިނާއަތުން ރާއްޖޭގެ އިގްތިސާދަށް ލިބުނު ބޭރު ފައިސާ އިތުރުވެފައިވާ ކަމަށް މަރުކަޒީ ބޭންކް، (އެމްއެމްއޭ) އިން މިއަދު ބުނެފި އެވެ.
Advertisement

އެމްއެމްއޭއިން ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ ފެބްރުއަރީ 28 އިން ފެށިގެން މެދުއިރުމަތީގައި ފެށިފައިވާ ހަނގުރާމައިގެ ސަބަބުން ވައިގެ ދަތުރުފަތުރުގެ މުހިންމު ޓްރާންސިޓް ހަބްތައް ބަންދުވެ، ދަތުރުފަތުރުގެ އަގު ބޮޑުވުމާ ގުޅިގެން ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު ބޮޑުތަނުން ދަށަށް ގޮސްފައިވާކަމަށެ ވެ. 

މިގޮތުން މިދިޔަ މަހުގެ ނިޔަލަށް ރާއްްޖެއަށް އައި ޓޫރިސްޓުންގެ އަދަދަށް ބަލާއިރު ފަސް އިންސައްތަ ދަށްވެފައިވާކަމަށް އެމްއެމްއޭއިން ބުނެ އެވެ. އެހެންނަމަވެސް މިހާރު އެ ހާލަތު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމުގެ ނިޝާންތައް ފެންނަމުން އަންނަކަމަށްވެސް އެމްއެމްއޭއިން ބުނެ އެވެ.

މަރުކަޒީ ބޭންކުން ބުނީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދުދު ދަށްވި ނަމަވެސް، އެ ސިނާއަތުން ރާއްޖޭގެ އިގްތިސާދަށް ލިބުނު ބޭރު ފައިސާ އިތުރުވެފައިވާ ކަމަށެވެ. އެގޮތުން ޓޫރިޒަމުން ލިބުނު ބޭރު ފައިސާ އެއް އިންސައްތަ އިތުރުވެފައިވާ ކަމަށް އެމްއެމްއޭއިން ބުނެ އެވެ. 

ފަތުރުވެރިންގެ އަންނަ އަދަދު އިތުކުރުމަށާއި ހަނގުރާމައިގެ ސަބަބުން ޓޫރިޒަމަށް ކުރާ ނޭދެވޭ އަސަރު ފޫބެއްދުމަށް، އާ މާކެޓްތަކަށް ރާއްޖެ ޕްރޮމޯޓްކޮށް، ކަނެކްޓިވިޓީ އިތުރުކުރުމަށް ރަނގަޅު މަސައްކަތްތަކެއް ކޮށްފައިވާކަމަށްވެސް އެމްއެމްއޭއިން ބުނެ އެވެ. 

ރާއްޖެ އަށް މި އަހަރުގެ މިހާތަނަށް މިލިއަނަކަށްވުރެ ޓޫރިސްޓުން އައިސްފައިވާ އިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 4.5 އިންސައްތަ ދަށް ވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް 1.3 މިލިއަން ޓޫރިސްޓުން ރާއްޖެއަށް އައިސްފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;