ads
އައިޝްވަރިޔާއާ ވަރިވާން އުޅުނު އަޑުތަކަށް އަބީޝޭކްގެ ރައްދެއް
އަބީޝޭކް އާއި އައިޝްވަރިޔާ އަކީ ބޮލީވުޑްގެ އެންމެ މަޝްހޫރު އެއް ޖޯޑެއެވެ. ބޭރަށް ނިިކުންނަ ކޮންމެ ފަހަރަކު އެންމެންގެ ސަމާލުކަން ހުއްޓެނީ އެ ދެމީހުންނަށެވެ. ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު މި ދެތަރިންނަށް އެންމެންގެ ސަމާލުކަން ލިބެ އެވެ. 2007 ވަނަ އަހަރު ކައިވެނިކުރި މި ޖޯޑަސް އަންހެން ދަރިއަކު ވެސް ވަނީ ލިބިފަ އެވެ.

ގިނަ ބައެއްގެ ލޯބި ލިބިފައިވާ މި ޖޯޑު ވަރިވާން އުޅުނު ކަމުގެ އަޑުތައް އެރީ ސޯޝަލް މީޑިއާގައި ވައިރަލްވި ވީޑިއޯއަކުންނެވެ. މި ވީޑިއޯ ވައިރަލްވެ އަބީޝޭކް ވަނީ އެކަމާއި ގުޅިގެން ކުރިން ދިން އިންޓަވިއުއެއްގައި ވާހަކަ ދައްކާފަ އެވެ. 

އުމުރުން 44 އަހަރުގެ އަބީޝޭކް ބުނީ ފެތުރެމުންދާ އަޑުތަކުގެ ވާހަކަ އޭނާއަށް އެނގޭ ކަމަށާއި މީޑިއާ ސީރިއަސްކޮށް ނަގަން ޖެހެނީ ކިހާ ހިސާބެއްގައިކަން ވެސް އެނގޭ ކަމަށެވެ. އަދި ތިން ވަނަ މީހަކަށް އެ ދެމަފިރިންގެ ދެމެދަށް ވަންނަން ފުރުސަތު ނުދޭނެކަން ފާހަގަކޮށް އަބީޝޭކް ވަނީ އައިޝްވާރިޔާ ދެކެ އޭނާ ވާ ލޯބި އޭނާއަށް އެނގޭނެ ކަމަށް ބުނެފަ އެވެ.

ކާމިޔާބު ގިނަ ފިލްމުތަކަކުން ފެނިގެންދިޔަ އަބީޝޭކް އާންމުކޮށް ފެންނަނީ މަޖާ ރޯލުތަކުންނެވެ. އޭނާ ފެނިގެންދިޔަ ބައެއް ފިލްމުތަކަށް ބަލާއިރު "ބޯލްބައްޗަން" އާއި "ދޫމް" އަދި "ދޯސްތާނާ" އާއި "ރާވަން" ވެސް ހިމެނެ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް