ads
އަހްމަދު އަދީބު
މަނީ ލޯންޑްރިންގެ މައްސަލައިގައި އަދީބު ދައްކަންޖެހޭ 1 މިލިއަން ރުފިޔާގެ ޖޫރިމަނާ ދައްކައިފި
މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ދައުލަތަށް ދައްކަވަންޖެހޭ 1 މިލިއަން ރުފިޔާގެ ޖޫރިމަނާ ފައިސާ ދައްކައި ޚަލާޞްކޮށްފިއެވެ.
Advertisement

މި ފައިސާ ނުދައްކައިގެން ދައުލަތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ މިއަދު ނިންމާލާފައިވަނީ، އަދީބު އެ ފައިސާ އެކީ ދައްކަވައި ނިންމަވާފައިވާކަން ދައުލަތުން ކޯޓަށް އެންގުމާ ގުޅިގެންނެވެ. މައްސަލަ ނިންމި ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި، އަދީބު ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު 1 ލައްކަ ރުފިޔާ އަދި މިދިޔަ ހަފްތާގައި ބާކީ 900،000 ރުފިޔާ ދައްކަވައިފައެވެ.

މި ޖޫރިމަނާއަކީ 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އަދީބުގެ މައްޗަށް އިއްވި 5 އަހަރާއި 11 މަހާއި 21 ދުވަހުގެ ޖަލު ހުކުމާއެކު ކުރެވުނު ޖޫރިމަނާއެކެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތާއި މަނީ ލޯންޑްރިންގެ މައްސަލަތަކުގައި އަދީބުގެ މައްޗަށް ބޮޑެތި ޖަލު ހުކުމްތަކެއް ކުރެވުނު ނަމަވެސް، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ވެރިކަން ނިމެން ކުޑަދުވަސްކޮޅަކަށް ވެފައިވަނިކޮށް ހުކުމް މާފުކޮށްދެއްވުމާ ގުޅިގެން އަދީބު ވަނީ މިނިވަންވެފައެވެ. އޭނާ މިހާރު ދިރިއުޅުއްވަނީ ރާއްޖެއިން ބޭރުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;