"ލީޖަން 1" ނަމަކަށް ކިޔާ ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި އެކްސިޑެންޓަށް ފަހު، އެ ދޯނި މަޑުނުކޮށް ފިލައިގެން ދިޔުމުން، އެ ދޯނި ހޯދުމުގެ މަސައްކަތް ފުލުހުން އައީ ކުރަމުންނެވެ. އެ ދޯންޏާ ގުޅޭ މައުލޫމާތު ހޯދުމަށް ފުލުހުން އާންމުންގެ އެހީތެރިކަމަށް ވެސް އެދުނެވެ. އެކަމަކު މަސް ދުވަހަށް ވުރެ ގިނަ ދުވަސް ފަހުން، މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރު 5:42 ހާއިރު ދޯނި ފެނިފައިވަނީ ހުޅުމާލޭ ފަޅުގައި އަޅާފައި އޮއްވާ ކަމަށް ފުލުހުން ބުންޏެވެެ.
ފުލުހުން ބުނީ ކަށަވަރުކުރަންޖެހޭ ކަންކަން ކަށަވަރުކުރުމަށް ފަހު ދޯނީގެ ކެޕްޓަނާ ވެސް ސުވާލުކޮށްފައިވާ ކަމަށާއި އޭނާގެ ކަނޑުއުޅަނދު ދުއްވުމުގެ ލައިސަންސް ވެސް ހިފަހައްޓާފައިވާ ކަމަށެވެ. އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;