ކެޑޭޓް ކޭމްޕުގައި ބައިވެރިވި ޖުމުލަ 24 ދަރިވަރަކު ކާނާ ވިހަވަގެން ހޮސްޕިޓަލްގައި އެޑިމްޓްްކޮށް އިއްޔެ ވަނީ ފަރުވާ ދީފައެވެ. އޭގެތެރެއިން އަދި 15 ކުއްޖަކު އޮތީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފަ އެވެ.
އެޗްއާރުސީއެމް ބުނީ އިން އައްޑޫ ސިޓީ ބޭސިކް ކެޑޭޓް ކޭމްޕުގައި ބައިވެރިވި ދަރިވަރުން ކާނާ ވިހަވެ ބައެއް ކުދިން ހާލުދެރަވެ ހޮސްޕިޓަލުގައި އެނދުމަތި ކުރަންޖެހުމަކީ އެކޮމިޝަނުން ނުހަނު ކަންބޮޑުވާ ކަމެއްކަމަށެ ވެ. އެހެންކަމުން ކޮމިޝަނުން ގެންދަނީ އެ މައްސަލަ މޮނިޓާކުރަމުންކަމަށް އެޗްއާރުސީއެމުން ބުނެ އެވެ. އެޗްއާރުސީއެމުން ވަނީ އެ މައްސަލަ ތަހުގީގުކުރުމަށް ކަމާއި ބެހޭ އިދާރާތަކަށް ގޮވާލާފަ އެވެ.
" މިކަން ހިގާދިޔަ ގޮތް ހައްސާސް މައްސަލައެއްގެ ގޮތުގައި ތަހްޤީގުކުރައްވާ، މިބާވަތުގެ ކަންކަން ތަކުރާރު ނުވާނޭ ގޮތެއްގެ މަތިން ކަންކަން ބައްޓަން ކުރައްވާ ބަލަހައްޓަވަމުން ގެންދެވުމަށް ކަމާބެހޭ އިދާރާތަކަށް ގޮވާލަމެވެ. " އެޗްއާރުސީއެމުން އެކްސްގައި ކުރި ޕޯސްޓުގައިވެ އެވެ،
ފޭދޫ ކެޑޭޓް ކޭމްޕުގައި ބައިވެރި ކުދިންތަކެއް ކާނާ ވިހަވިއިރު އެ ކުދިންނަށް ކާނާ ފޯރުކޮށްދިނީ ކޮންތާކުން ކަމެއް އަދި ކާނާ ވިހަވީ ކޯއްޗަކުން ކަމެއް އެއްވެސް އިދާރާއަކުން އަދި ނުބުނެ އެވެ.
މިހަފްތާގެ ތިން ދުވަސް ސްކޫލްތައް ހާއްސަކޮށްފައި ވަނީ ޔުނީފޯމް ހަރަކާތްތަކެވެ. އެގޮތުން ސްކޫލްތަކުގެ ކިޔެވުން ބަންދުކޮށް ކޭމްޕްތައް އަންނަނީ ބާއްވަމުން ނެވެ.







