މި އަހަރުގެ ދުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 20 ނޮވެމްބަރު 2026 ވާ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ. މިއަހަރުގެ ދުވުމުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ މުޅިން އަލަށް ހަތަރު ޓީމު ކެޓަގަރީއެއް ތައާރަފުކޮށް، އެކުވެރިކަމާއެކު ވާދަކޮށް ކާމިޔާބީ ހޯދުމުގެ ފުރުސަތު ދުވުންތެރިންނަށް ދިރާގުން ފަހިކޮށްދީފައިވާކަމެވެ.
މި ދުވުމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން dmrr.dhiraagu.com.mv މެދުވެރިކޮށް ރަޖިސްޓާ ވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. މި ފުރުސަތު ހުޅުވާލެވިފައިވަނީ 4000 ބައިވެރިން ހަމަވަންދެން ކަމަށް ދިރާގުން މައުލޫމާތުދެ އެވެ.
ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ރާއްޖޭގައި ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއަޅައި، އިޖުތިމާއީ ބޮޑު މަގުސަދެއް ހާސިލުކުރުމަށްޓަކައި އަހަރުން އަހަރަށް ކާމިޔާބުކަމާއެކު ބާއްވަމުން އަންނަ އެންމެ ފާހަގަކޮށްލެވޭ އެއް ހަރަކާތެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;