ads
އެލްޖީއޭގެ ބޯޑަށް އައްޔަންކުރަން ރައީސް ފޮނުވި ދެ ނަމަށް ކޮމެޓީގެ ރުހުން
ލޯކަލް ގަވާމަންޓް އޮތޯރިޓީ، (އެލްޖީއޭ) ގެ ބޯޑަށް އައްޔަންކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުވި ދެ ނަމަށް ކޮމެޓީގެ ރުހުން ދޭން ނިންމައިފި އެވެ.
Advertisement

އެލްޖީއޭގެ ބޯޑަށް މަޖިލީހުން އައްޔަންކުރާ މެންބަރުންގެ ގޮތުގައި ކަނޑައެޅުމަށް ރައީސް ފޮނުއްވި ދެ ނަމަކީ:

  • މުހައްމަދު އާރިފް، ރަތްވިލާގެ / ށ.ކަނޑިތީމު (ގަވަނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާގެ ތަޖުރިބާކާރެއް)

  • އާއިޝަތު އަރީފާ، ތިބްރޯޒުގެ / ގދ. ތިނަދޫ (ޖެންޑާ އިކުއެލިޓީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ބޭފުޅެއް)

މި ދެ ނަން ދިރާސާކުރި ރައްޔިތުން މަޖިލިހުގެ ލާމަރުކަޒީ ކޮމެޓީން ނިންމި ގޮތުގެ ރިޕޯޓް އިއްވަމުން އެ ކޮމެޓީގެ މުގައްރިރު މައްޗަންގޮޅި މެދު ދާއިރާ މެމްބަރު އަހްމަދު ޒަމީރު ވިދާޅުވީ ކޮމެޓީ މަރުހަލާގައި އެ ދެ ނަމަށްވެސް 75 އިންސައްތައިން މަތިން މާކްސް ލިބިފައިވާކަމަށެވެ. އެހެންކަމުން އެ ދެ ބޭފުޅުން އައްޔަންކުރަން ފެންނަކަމަށް ކޮމެޓީން ވަނީ ނިންމާފަ އެވެ. 

9 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ އެލްޖީއޭގެ ބޯޑުގައި ތިއްބަވަނީ ޤާނޫނު އަސާސީގެ 140 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބޭނުމަށް ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށްޓަކައި ރައީސް އައްޔަންކުރާ ވަޒީރުގެ އިތުރުން، ޖެންޑާ އިކުއަލިޓީގެ ދާއިރާއިން ތަޖްރިބާ ލިބިފައިވާ އަންހެން މެމްބަރަކާއި، ގަވާނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ތަޖްރިބާ ލިބިފައިވާ މެންބަރަކާއި، މަދަނީ ޖަމްއިއްޔާގެ މެމްބަރަކާއި، ސިޓީ ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިހާބުކުރާ މެމްބަރަކާއި، އަތޮޅު ކައުންސިލްގެ ރައީސުންގެ ތެރެއިން އެމީހުން އިންތިހާބުކުރާ މެމްބަރަކާއި، ރަށު ކައުންސިލްތަކުގެ ތެރެއިން އިންތިހާބު ކުރާ މެމްބަރަކާއި، މާލީ ކަންކަމާގުޅޭ ވުޒާރާގެ ވަޒީރު ކަނޑައަޅާ އެއޮފީހުގެ މުވައްޒަފެއްގެ އިތުރުން، ރައީސް ކަނޑައަޅާ އެއޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރެ ވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;