އެޗް.އާރް.ސީ.އެމަށް މެމްބަރަކު އައްޔަން ކުރަނީ އެ ކޮމިޝަންގައި މިހާރުގެ މެމްބަރު ސަމާއު އަހްމަދު ނަޖީބު ދައުރު ހަމަވާތީ އެވެ.
އެޗް.އާރް.ސީ.އެމަށް އައްޔަންކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލިހަށް ޝައްމޫން ހަމީދުގެ އިތުރުން ދެން ނަން ފޮނުވާފައިވަނީ މިހާރުވެސް އެ މަގާމުގައި ހުންނެވި ސަމާއު އަހްމަދު ނަޖީބު ނަމެވެ.
ކޮމެޓީ މަރުހަލާގައި ޝައްމޫން ހަމީދަށް ލިބިވަޑައިގަތީ 92 މާކްސް އެވެ. އަދި ސަމާއު އަހްމަދު ނަޖީބުއަށް ލިބުނީ 86 މާކްސް އެވެ.
ޝައްމޫން ހަމީދު ވަނީ މީގެ ކުރިން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ވެސް ފުރުއްވާފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;