ads
ހައިކޯޓުގެ ޝަރީއަތުގެ މަޖިލިސް
ބޮބީގެ މަރު: މަރަށް ހުކުމްކުރި ދެ މީހުންގެ އިސްތިއުނާފު އަޑުއެހުންތައް ނިމިއްޖެ
މީގެ 14 އަހަރު ކުރިން މާލޭގައި އަބްދުލް މުހީތު (ބޮބީ) މަރާލި މައްސަލައިގައި ކްރިމިނަލް ކޯޓުން މަރުގެ ހުކުމް އިއްވި ދެ މީހެއްގެ އިސްތިއުނާފީ އަޑުއެހުންތައް، ހަތަރު އަހަރަށް ފަހު ހައިކޯޓުން ނިންމާލައިފިއެވެ.
Advertisement

މި މައްސަލައިގައި ބޮޑެތި މީހުންގެ މައްޗަށް ދައުވާކޮށް، ގަސްދުގައި މީހަކު މެރުމުގެ ކުށް ސާބިތުވެގެން 2019 ވަނަ އަހަރު މަރުގެ ހުކުމް އިއްވީ ގދ. ގައްދޫ، މުހުޖަތު އަހުމަދު ނާސިހާއި، ޅ. ނައިފަރު، މުހައްމަދު މައިމޫންގެ މައްޗަށެވެ. މައްސަލައިގައި ދެން ދައުވާކުރި އަލީ މުޝައްފަޢުގެ މައްޗަށް ކުށް ސާބިތެއް ނުވެއެވެ.

ހާދިސާ ހިނގިއިރު 18 އަހަރު ނުފުރޭ ދެ ކުއްޖަކަށް 2013 ގައި ޖުވެނައިލް ކޯޓުން މަރުގެ ހުކުމް ކުރިއިރު، އޭގެ ތެރެއިން އެކަކުގެ ހުކުމަށް 2016 ގައި ހައިކޯޓުން ވަނީ ތާއީދުކޮށްފައެވެ.

 ބޮބީގެ ވާރިސުން ޝަރީއަތުގައި އެދިފައިވަނީ "މަރަށް މަރު" ހިފުމަށެވެ.

2022 ވަނަ އަހަރުން ފެށިގެން ހައިކޯޓުގައި ކުރިއަށްދިޔަ އިސްތިއުނާފީ އަޑުއެހުންތައް ނިންމާލި ނަމަވެސް، ހުކުމް ކުރާނެ ތާރީޚެއް އަދި އިއުލާނެއް ނުކުރެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;