ads
އެމްޓީސީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު
އެމްޓީސީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމަށް ހުޅުވާލައިފި
ދިވެހި ޒުވާނުން ބާރުވެރިކުރުވައި، މަސައްކަތުގެ މައިދާނަށް ބޭނުންވާ ފަންނީ ހުނަރު ތަރައްޤީ ކުރުމުގެ މަގުސަދުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއިން ކުރިއަށްގެންދާ "ހުނަވަރު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2026"ގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
Advertisement

މި ޕްރޮގްރާމްގެ ދަށުން ފުރުސަތު ހުޅުވާލެވިފައިވާ ދާއިރާތަކަކީ:

  • މެރިން މެކޭނިކް ޓްރެއިނީ (8 ފުރުސަތު)
  • މެކޭނިކް ޓްރެއިނީ (5 ފުރުސަތު)
  • ވެލްޑަރ ޓްރެއިނީ (4 ފުރުސަތު)
  • ޓިންކަރ ޓްރެއިނީ (5 ފުރުސަތު)
  • ފައިބަގްލާސް ޓެކްނީޝަން ޓްރެއިނީ (4 ފުރުސަތު)
  • އޮޓޯމޮބައިލް މެކޭނިކް ޓްރެއިނީ (4 ފުރުސަތު)
  • އޮޓޯމޮބައިލް އޭސީ މެކޭނިކް ޓްރެއިނީ (2 ފުރުސަތު)
  • ޢޮޓޯމޮބައިލް އިލެކްޓްރީޝަން ޓްރެއިނީ (2 ފުރުސަތު)
  • އިލެކްޓްރީޝަން ޓްރެއިނީ (2 ފުރުސަތު)
  • އޭސީ ޓެކްނީޝަން ޓްރެއިނީ (2 ފުރުސަތު)
  • ބަސް ޑްރައިވަރު ޓްރެއިނީ (15 ފުރުސަތު)
  • ޓެކްސީ ޑްްރައިވަރު ޓްރެއިނީ (20 ފުރުސަތު)
  • ޕްރޮޖެކްޓް އޮފިސަރު ޓްރެއިނީ (11 ފުރުސަތު)

އެމްޓީސީސީން ބުނީ، މި ޕްރޮގްރާމްގެ ތެރެއިން ބައިވެރިންނަށް މަސައްކަތުގެ ތަޖުރިބާގެ އިތުރުން، ފަންނީ އަދި ޕްރޮފެޝަނަލް ހުނަރުތައް ދަސްކޮށްދީ، މެންޓަރޝިޕް ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި ކަސްޓަމަރ ސާވިސް، ފަޔާ ސޭފްޓީ، އަދި ހޭލުންތެރިކުރުމުގެ ތަމްރީނުތަކާއި، ކަމާ ގުޅޭ ފަންނީ އަދި އޮޕަރޭޝަނަލް ހާއްސަ ތަމްރީނުތައް ފުރިހަމަ ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

އަދި މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަ ކުރާ ފަރާތްތަކުގެ މަސައްކަތުގެ ފެންވަރު ބެލުމަށްފަހު، އެމްޓީސީސީން ދާއިމީ ވަޒީފާ ފުރުސަތު ލިބުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް ބުންޏެވެ.

މި ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ 2 ވާ ބުދަ ދުވަހުގެ މެންްދުރު 12:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ. އެހެންކަމުން، ޝައުގުވެރިވާ ފަރާތްތަކުން އެމްޓީސީސީގެ ކެރިއާ ޕޭޖް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް އެކުންފުނިން ދައުވަތު އަރުވަ އެވެ.

އެމްޓީސީސީއިން މައުލޫމާތުދެއްވާ ގޮތުގައި މި ޕްރޮގްރާމާއި ބެހޭ އިތުރު މައުލޫމާތު، އެކުންފުނީގެ ސޯޝަލް މީޑިއާއިންނާއި، ކުންފުނީގެ ހޮޓްލައިން 1650 އަށް ގުޅުއްވުމުންވެސް ލިބޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;