ނޯވޭގެ ގަނޑުވަރުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ރަސްގެފާނު އަވަހާރަވީ އޮސްލޯ ޔުނިވާސިޓީ ހޮސްޕިޓަލުގައި މިއަދު ހެނދުނު 06:35 ގައެވެ. ލޭގައި އުފެދުނު ބެކްޓީރިއަލް އިންފެކްޝަނަކަށް ފަރުވާ ހޯއްދެވުމަށް އެމަނިކުފާނު ހޮސްޕިޓަލުގައި އެޑްމިޓްކުރީ މި މަހުގެ 17 ވަނަ ދުވަހު އެވެ.
ރަސްގެފާނު އަވަހާރަވުމާއެކު، އުމުރުފުޅުން 53 އަހަރުގެ ވަލީއަހުދު ހާކޮން ވަނީ އޮޓަމެޓިކުން ނޯވޭގެ ރަސްގެފާނުގެ މަގާމަށް އިސްވެވަޑައިގެންފަ އެވެ.
ނަވާރަސަތޭކަ ނުވަދިޔަ އެއް ވަނަ އަހަރު ތަހުތަށް އިސްވެވަޑައިގަތުމަށްފަހު، ރަސްގެފާނު ހަރަލްޑް ވަނީ ނޯވޭގެ ރަސްކަމުގެ ނިޒާމަށް ޒަމާނީ ބަދަލުތަކެއް ގެންނަވާފަ އެވެ. ހާއްސަކޮށް 2011 ވަނަ އަހަރު އެންޑާސް ބެރިންގް ބްރެއިވިކް ދިން ޓެރަރިސްޓް ހަމަލާގައި 77 މީހުން މަރުވި ހާދިސާއާ ގުޅިގެން، ގައުމަށް ހިތްވަރު ދެއްވުމުގައި އެމަނިކުފާނު މުހިންމު ދައުރެއް އަދާކުރެއްވި އެވެ.
މީގެ އިތުރުން، އެމަނިކުފާނަކީ ތަފާތުތަކަށް އިހުތިރާމްކުރުމަށް ވަކާލާތުކުރެއްވި ބޭފުޅެކެވެ. ހެރަލްޑް އަވަހާރަވުމާއި ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުން ދަނީ ތައުޒިޔާ ފޮނުވަމުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;