ads
ފޮޓޯ: ހޯމް މިނިސްޓްރީގެ ބައްދަލވުމުގެއްގެ ތެރެއިން
އިންޓަނެޓް ހިދުމަތުގެ ކޮލިޓީ ބާލާނެ ސިސްޓަމެއް ގާއިމުކޮށްދޭން ބަޔަކު ހޯމް މިނިސްޓްރީން ހޯދަނީ
އިންޓަނެޓް ހިދުމަތުގެ ކޮލިޓީ ބާލާނެ ސިސްޓަމެއް ގާއިމުކޮށްދޭން ބަޔަކު ހޯދުމުގެ މަސައްކަތް ހޯމް މިނިސްޓްރީން ފަށައިފި އެވެ.
Advertisement

އެ މިނިސްޓްރީން ބުނީ ފިކްސްޑް ބްރޯޑްބޭންޑްގެ ހިދުމަތުގެ ފެންވަރު (ކޮލިޓީ އޮފް ސާވިސް ) އަދި ތަޖުރިބާކުރެވޭ ފެންވަރު (ކޮލިޓީ އޮފް އެކްސްޕީރިއަންސް) މޮނީޓާ ކުރާ ސިސްޓަމެއް ގާއިމް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާކަމަށެވެ. 

މި މަސައްކަތަކީ ދިވެހި ސަރުކާރުގެ ފަރާތުން ހޯމް މިނިސްޓްރީން އިން ވޯލްޑް ބެންކްގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ ޑިޖިޓަލް މޯލްޑިވްސް ފޯ އެޑަޕްޓޭޝަން، ޑިސެންޓަރަލައިޒޭޝަން އެންޑް ޑައިވާސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓްގެ ދަށުން ކުރިޔަށް ގެންދާ މަސައްކަތެއްކަމަށެ ވެ. 

އެހެންކަމުން އިންޓަނެޓް ހިދުމަތުގެ ކޮލިޓީ ބާލާނެ މި ސިސްޓަމް ހަރުކޮށްދޭން ބޭނުންވާ ފަރާތްތަކުން އަންނަމަހުގެ 21 ވަނދުވަހުގެ ކުރިން ބީލަން ހުށައެޅުމަށް ހޯމް މިނިސްޓްރީން ވަނީ ފުރުސަތު ހުޅުވާލާފަ އެވެ. 

"މޯލްޑިވްސް 2.0" ގެ ނަމުގައި ރާއްޖޭގެ ހުރިހާ ހިދުމަތެއް ޑިޖިޓަލްކުރުމަށް މަސައްކަތް ކުރަމުން އަންނަކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިއުލާން ކުރައްވާފަ އެވެ. އެއީ ސަރުކާރުން ހިދުމަތްކުރާ ގޮތާއި، އިގްތިސޯދު ކުރިއަރަމުންދާ ގޮތާއި، އާންމު ހިދުމަތާއި، ޒަރޫރީ މައުލޫމާތު ކޮންމެ ދިވެއްސަކަށް، ކޮންމެ ރަށަކަށް ފޯރުވާގޮތް އަލުން ބައްޓަންކުރުމުގެ ތަސައްވުރެއްކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ. 

'މޯލްޑިވްސް 2.0' ޑިޖިޓަލް ޓްރާންސްފޮމޭޝަން ތަސައްވުރު ގާއިމް ކުރުމަށް ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލްގެ ނަމުގައި ރައީސް މުހައްމަދު މުއިއްޒު ވަނީ ކައުންސިލެއްވެސް އުފައްދަވާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;