ހަންކެޑެ ތަރައްގީކުރަން "އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކުންފުންޏެއް އުފެއްދެވީ މިދިޔަ ޖުލައިމަހުގެ 16 ވަނަދުވަހު އެވެ.
އެ ކުންފުނީގެ އެމްޑީކަމާއި ބޯޑް މެމްބަރުން ވަނީ މިމަހުގެ 27 ވަނަ ދުވަހު އައްޔަންކޮށްފަ އެވެ. އެ ކުންފުނީގެ އެމްޑީކަމަށް އައްޔަންކުރީ އައިޝަތު ޒަމްރާ ޒާހިރު އެވެ. އޭނާއަކީ ދާދީ ފަހުން ބީއެމްއެލްގެ އިދާރީ އޮނިގަނޑަށް ގެނައި ބަދަލުން އެ ބޭންކުގެ ޗީފް ކޮމާޝަލް އޮފިސަރު ވެސް މެއެވެ.
"އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް" ގެ ބޯޑަށް އައްޔަންކުރި 5 މެމްބަރުންގެ ތެރެއިން ތިން މެމްބަރުންނަކީ ބީއެމްއެލްގެ އިސް މަގާމުތަކުގައި ތިބި މުވައްޒަފުންނެވެ. ދެން ތިބީ ފިނޭންސް މިނިސްޓްރީގެ މުވައްޒަފުން ނެވެ.
ހަންކެޑެ ތަރައްގީކުރާ ކުންފުނީގެ ބޯޑު މެމްބަރުން
އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް އުފެއްދެވުމުގެ މައިގަނޑު މަގުސަދަކީ، އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މޮޑެލަކަށް "އައްޑުއަތޮޅު ހަންކެޑެ" ތަރައްޤީކުރުންކަމަށް ރައީސް އޮފީހުން ބުނެ އެވެ.
މީގެއިތުރުން އައްޑޫ އަތޮޅުގައި ފަތުރުވެރިކަމުގެ ސިނާއްތް އިތުރަށް ފުޅާކުރުމާއެކު، ފަތުރުވެރިކަމުގެ ސިނާޢަތުން ލިބޭ މަންފާ މުޅި އައްޑޫ އަތޮޅަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމާއެކު، ފަތުރުވެރިކަމުގެ ދާއިރާގައި އައްޑޫ އަތޮޅުގެ ބައިވެރިވުން އިތުރުކޮށް މި މަޝްރޫއުގެ ދަށުން ސަރުކާރުން ކަނޑައަޅާފައިވާ އިޤްތިސާދީ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރޭވުންތެރިކަމާއެކު ކުރިއަށް ގެންދިއުންކަމަށް ރައީސް އޮފީހުން ބުނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;