މިދިޔަ ސަރުކާރުން އަޅަން ފެށި ތިލަމާލެ ބްރިޖުގެ މާލެއާއި ވިލިނގިލި ގުޅުވައިދޭ އެންމެ ފަހުގެ ސެގްމަންޓް ނިންމާ ވިލިމާލެއާ މާލެ ގުޅުވާ ނިންމާލީ މިމަހުގެ 22 ވަނަ ދުވަހު އެވެ.
މިއަދު ރާއްޖޭގައި ފާހަގަކުރާ އިންޖިނޭރުންގެ ދުވަހާއި ގުޅުވައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތިލަމާލެ ބްރިޖުގެ މަސައްކަތްދާ ގޮތް ބައްލަވާލަވަން ބްރިޖަށް ވަޑައިގެންފަ އެވެ. އެ ޒިޔާރަތުގައި ރައީސް މުއިއްޒު ވަނީ ބްރިޖުން މާލެއިން ވިލިމާލެއަށް ހިންގަވާފައި ވަޑައިގެންފަ އެވެ.
ރައީސް މުއިއްޒާއި އެކު މި ޒިޔާރަތުގައި ހައުސިން މިނިސްޓަރު ޑރ. ޢަބްދު ﷲ މުއްތަލިބާއި ބައެއް ވަޒީރުންނާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅައިފައިވާ ސަފީރު ޖީ. ބަލަސުބްރަމާނިއަން ބައިވެރިވެޑައިގެންނެވި އެވެ.
އަގު: 500 މިލިއަން ޑޮލަރު (6.2 ބިލިއަން ރުފިޔާ)
100 މިލިއަން ޑޮލަރު (1.55 ބިލިއަން ރުފިޔާ) އަކީ އިންޑިއާގެ ހިލޭ އެހީ
ބްރިޖުގެ މަސައްކަތުގައި ތުރުކީ، ޖަރުމަން އަދި އޮސްޓްރޭލިޔާގެ މާހިރުން ވެސް ބައިވެރިވޭ
މަޝްރޫއުއަށް ލޯނު ދިނީ އިންޑިއާގެ އެގްޒިމް ބޭންކުން
މަޝްރޫއުގެ މަސައްކަތް ކުރަމުން ދަނީ އިންޑިއާގެ އެފްކޮންސް ކުންފުނިން
މި މަޝްރޫއުގެ ދަށުން މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ބްރިޖުން ގުޅާލާނެ
ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބް މި އަހަރުގެ ޖެނުއަރީ މަހާއި މިދިޔަ އޭޕްރީލް މަހު ވެސް ވިދާޅުވެފައިވަނީ ބްރިޖުގެ މަސައްކަތްތައް ދަނީ އުންމީދު ކުރި ވަރަށް ވުރެ ލަހުން ކަމަށާއި ނަމަވެސް މާލެ އާއި ވިލިމާލެ ގުޅާލައި އެ ބައި ބޭނުންކުރެވޭ ވަރު ވާނީ އަންނަ އަހަރަށް ކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;