އަމީނީމަގުގައި މި ސަރުކާރުގެ ވެރިކަމަށް އައިސް އެންމެފަހުން ތާރުއެޅި ސަރަހައްދު ކަމަށްވާ ހާބަރު ފުޑްކޯޓު ސަރަހައްދުގެ ތާރު ގަނޑު ހަލާކުވެ ބޮޑެތި ވަޅުގަނޑުތައް ހުރީ ހެދިފަ އެވެ. އެކަމުގެ ސަބަބުން އެމަގުގައި ދުއްވަން ނުރައްކާތެރިވެފައި ވެއެވެ. އެ ސަރަހައްދު އަލުން ހަދަން ފެށީ މިދިޔަ މަހުގެ 2 ވަނަދުވަހުގެ ރެ އެވެ. މިހާރު ކުރިއަށް ގެންދަނީ ދަރުމަވަންތަ ޕާކުން ފެށިގެން އިއްޒުދީން މަގާއި ހަމައަށް ހިމެނޭ ސަރަހައްދުގެ މަސައްކަތެ ވެ.
އެމަގު އަލުން ހަދާ ބައިގައި ތާރު އެޅުމުގެކުރިން އަޅާ އޭބީސީ ލޭޔަރުގެ މަސައްކަތް އެމްޓީސީސީން ރޭ ވަނީ ފަށާފަ އެވެ. އެ މަސައްކަތް ދެ ދުވަހެއްގެ ތެރޭގައި ނިންމާ ތާރު އެޅުމުގެ މަސައްކަތް ފަށާނެކަމަށް އެމްޓީސީސީން ބުނެ އެވެ.
އަމީނީމަގުގައި ތާރުއަޅަން ފެށުމަށް ތައްޔާރުވަނީ
އަލުން މަރާމާތުކުރަން ނިންމާފައިވަނީ މާލޭގެ މަގުތައް ތަރައްގީކޮށް މަރާމާތުކުރުމަށް ހިންގާ "މާލެ ރޯޑް ޕްރޮޖެކްޓް"ގެ ދަށުންނެވެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ. މަގު މަރާމާތުގެ މަސައްކަތްތަކަށް ޓަކައި އިއްޒުއްދީން މަގުން ފެށިގެން، ދަރުމަވަންތަ ހޮސްޕިޓަލް ކައިރީގައިވާ ޕާކާއި ހަމައަށް އަމީނީމަގު މިހާރު ވަނީ ބަންދުކޮށްފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;