ads
ހަލީމް
ހަލީމްގެ ދަރަނި ދެއްކުމަށް މުސާރައިން ބައެއް ކޯޓަށް ޖަމާކުރަން އަމުރުކޮށްފި
ކުރީގެ ގާޒީ އަދި ދައުލަތުގެ ކަރަންޓު ކުންފުނި (ސްޓެލްކޯ) ގެ ލީގަލް މެނޭޖަރު މުހައްމަދު ހަލީމްގެ މައްޗަށް ސާބިތުވެފައިވާ 1.5 މިލިއަން ރުފިޔާގެ ދަރަނި ނުދައްކައިގެން، އޭނާގެ މުސާރައިން ބައެއް ކޮންމެ މަހަކު ކޯޓަށް ޖަމާކުރުމަށް ސިވިލް ކޯޓުން ސްޓެލްކޯގެ މައްޗަށް އަމުރުކޮށްފި އެވެ.
Advertisement

މިއީ ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ ދީބާޖާ އިންވެސްޓްމެންޓާއި ދައުލަތާ ދެމެދު ހިނގި މައްސަލައިގެ ގާނޫނީ މަސައްކަތްތަކާ ގުޅިގެން، ލ. އަތޮޅު މީހަކަށް ހަލީމް ދައްކަންޖެހޭ 1.5 މިލިއަން ރުފިޔާގެ ދަރަންޏެކެވެ. މި މައްސަލައިގައި ހަލީމްއާއެކު ގާނޫނީ ވަކީލެއްގެ ގޮތުގައި ޖޭއެސްސީގެ މިހާރުގެ ރައީސް ހުސްނީ މުބާރިކްވެސް މަސައްކަތް ކުރެއްވި އެވެ.

ދަރަނި ތަންފީޒުކުރުމުގެ މަރުހަލާގައި ފައިސާ ދެއްކޭނެ ގޮތެއް ނެތް ކަމަށް ހަލީމް ބުނި ނަމަވެސް، މާލީ ހާލަތު ބެލުމުން ސްޓެލްކޯއިން އޭނާއަށް މަހަކު 48,000 ރުފިޔާގެ މުސާރައެއް ލިބޭކަން ވަނީ އެނގިފަ އެވެ. އެހެންކަމުން، 1.5 މިލިއަން ރުފިޔާ ހަމަވަންދެން ކޮންމެ މަހަކު 8,000 ރުފިޔާ ސިވިލް ކޯޓަށް ދެއްކުމަށް ސްޓެލްކޯއަށް ވަނީ އަމުރުކޮށްފަ އެވެ. ހަލީމް ސްޓެލްކޯގެ ވަޒީފާއިން ވަކިވެއްޖެނަމަ، އެކަން ކޯޓަށް އެންގުމަށްވެސް ސްޓެލްކޯއަށް ވަނީ އަމުރުކޮށްފަ އެވެ.

2022 ވަނަ އަހަރު ސްޓެލްކޯގެ ލީގަލް މެނޭޖަރުގެ މަގާމަށް އައްޔަންކުރި ހަލީމްގެ މައްޗަށް މީގެ ކުރިންވެސް ފައިސާގެ މައްސަލަތަކުގައި ހުކުމްކޮށްފައިވާކަން ރެކޯޑްތަކުން ދައްކަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;