ads
ހުޅުމާލެ ހޮސްޕިޓަލް
ސްޓެލްކޯގެ ފްލެޓަކުން ވެއްޓުނު ކުއްޖާ މަރުވެއްޖެ
ހުޅުމާލޭ ފޭސް ދޭއްގައި ހުންނަ، ސްޓެލްކޯގެ ފްލެޓެއްގެ މަތިން މިއަދު ވެއްޓުނު ކުޑަ އަންހެން ކުއްޖާ މަރުވެއްޖެ އެވެ.
Advertisement

ހުޅުމާލޭ ހޮސްޕިޓަލުން ބުނީ 12:43 ކަންހާއިރު އެ ކުއްޖާ ހޮސްޕިޓަލަށް ގެނައި އިރުވެސް ވަނީ މަރުވެފައި ކަމަށެވެ. އެއީ ދެ އަހަރުގެ ކުއްޖެއް ކަމަށް ފުލުހުން ބުންޏެވެ.

އެ ސަރަހައްދުގައި މިހާރު އަންނަނީ ފުލުހުން ހަރަކާތްތެރިވަމުންނެވެ.

އެ ހާދިސާގެ ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ދައުރު ކުރަމުންދާތީ، އެފަދަ ކަންކަން ނުކުރަން ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި މި ދަނޑިވަޅުގައި އާއިލާއަށް އިތުރު ތަކުލީފެއް ޖެހިދާނެ ފަދަ އެއްވެސް ކަމެއް ނުކުރަން ވެސް ފުލުހުން އިލްތިމާސް ކުރެ އެވެ. 

ސްޓެލްކޯ ޓަވަރެއްގެ 12 ވަނަ ފަންގިފިލާއިން ކުއްޖަކު ވެއްޓި މިއަދު މަރުވިއިރު ހުޅުމާލޭގައި އަލަށް މީހުން ދިރިއުޅެން ފެށި "އަމާން އުދަރެސް" ޓަވަރަކުން ވެސް އިއްޔެ ވަނީ ކުއްޖަކު ވެއްޓިފަ އެވެ. އިއްޔެ ހެނދުނުގެ ވަގުތެއްގައި ހިނގި މި ހާދިސާގައި އަމާން އުދަރެސް 2 ގެ ތިންވަނަ ފަންގިފިލާއިން ވެއްޓިފައިވަނީ އުމުރުން 16 އަހަރުގެ ދިވެހި އަންހެން ކުއްޖެކެވެ. 

މި ހާދިސާއާ ގުޅިގެން އެ ކުއްޖާއަށް ފަރުވާ ދެމުން އަންނަނީ ހުޅުމާލެ ހޮސްޕިޓަލްގައި އެވެ. ކުއްޖާގެ ހާލު އަންނަނީ ރަނގަޅު ވަމުން ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;