ފުލުހުން އިއްޔެ ވަނީ، ސައުތު ސެންޓްރަލް ޕޮލިސްގައި ހިމެނޭ ރަށެއްގައި ތިން އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑްކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން 28 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން މިދިޔަ ހުކުރު ދުވަހު ހައްޔަރުކޮށްފައިވާ ކަމަށް ބުނެފަ އެވެ.
އެއަށްފަހު މިއަދު ފުލުހުން ވަނީ، އެ މައްސަލައިގައި މަންމައަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން، މައްސަލައިގައި އޭނާގެ އެއްވެސް ބައިވެރިވުމެއް އޮތްތޯ އާއި ބައިވެރިވުން އޮތީ ކިހާ މިންވަރަކަށްތޯ ތަހުގީގު ތެރެއިން ބަލަމުން އަންނަ ކަމަށް ބުނެފައެވެ.
އެ މައްސަލަ ތަހުގީގު ކުރަމުން އަންނާތީ އިތުރު ތަފްސީލެއް ފުލުހުން އަދި ނުދެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;