ads
ގދ ތިނަދޫ
ގދ. ތިނަދޫގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެ
ގދ. ތިނަދޫ ސިޓީގެ ސިނާއީ ސަރަހައްދުގައި ބިދޭސީން ދިރިއުޅުމަށް ހަދާފައިވާ ތަނެއްގައި މީހަކު މަރުވެފައި އޮއްވާ ފެނިގެން ފުލުހުންނަށް ރިޕޯޓުކޮށްފި އެވެ.
Advertisement

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ތިނަދޫ ސިނާއީ ސަރަހައްދުގައި ބިދޭސީން ދިރިއުޅޭ ތަނެއްގައި، މީހަކު ނިޔާވެފައި އޮތްކަމުގެ މައުލޫމާތު ރޭ ފަތިހު 4:11 އެހައިކަންހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާކަމަށް ޑރ. ޢަބްދުއްސަމަދު މެރޯރިއަލް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައި ވެއެވެ.

މި މަރުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހިމެނޭ ކަމެއް ނުވަތަ ނޫން ކަމެއް ވެސް އަދި ފުލުހުން ހާމައެއް ނުކުރެއެވެ.

މި މައްސަލަ ފުލުހުން މިހާރު ގެންދަނީ ތަހުގީގުކުރަމުންނެވެ. ނިޔާވެފައިވަނީ 27 އަހަރުގެ، ބަންގްލަދޭޝް ފިރިހެނެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;