ads
ޖިންސީ ގޯނާއާއި ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިން
އަންހެން ކޮއްކޮއަށް އަނިޔާކުރި މީހަކު ޖޫރިމަނާކޮށްފި
އެއްބަނޑު އެއްބަފާ އަންހެން ކޮއްކޮއަށް ޖިސްމާނީ އަނިޔާކުރި މައްސަލައެއް ސާބިތުވެ، ދިވެހި ފިރިހެނަކު ޖޫރިމަނާކުރުމަށް ކޯޓުން ހުކުމްކޮށްފި އެވެ.
Advertisement

މިއީ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ހިނގި ހާދިސާއެކެވެ. މި މައްސަލައިގައި ދައުވާލިބޭ ފިރިހެން މީހާ ވަނީ އޭނާގެ އަންހެން ކޮއްކޮގެ ކަރުގައި ހިފައި ބިންމައްޗަށް ވައްޓާލައި، އިސްތަށިގަނޑުގައި ހިފައި އަނިޔާކޮށްފައެވެ.

ދައުލަތުން އުފުލި އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއަށް ޝަރީޢަތުގެ މަޖިލީހުގައި އޭނާ އިއުތިރާފުވުމާ ގުޅިގެން، މި މައްސަލަ ކޯޓުން ކުރިއަށް ގެންގޮސްފައިވަނީ އަވަސްނިޔާގެ މައްސަލައެއްގެ ގޮތުގަ އެވެ.

މި ދައުވާ ސާބިތުވުމުން، އޭނާގެ މައްޗަށް ފުރަތަމަ އިއްވީ 1 މަހާއި 6 ދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް، ޝަރީޢަތުން ވަނީ އެ ޖަލު ހުކުމް 7,200 ރުފިޔާގެ ޖޫރިމަނާއަކަށް ބަދަލުކޮށް، ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭގައި އެ ފައިސާ ދައްކައި ނިންމުމަށް އަމުރުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;