ހަތަރު ރަށެއްގައި ތަރައްގީގެ މަޝްރޫއުތަކެއް ހިންގަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) ހަވާލުކޮށްފި އެވެ.

Advertisement
މި މަޝްރޫއުތަކުގެ އެއްބަސްވުމުގައި އިއްޔެވަނީ ސޮއިކޮށްފަ އެވެ.
އެމްޓީސީސީއާ ހަވާލުކުރި މަޝްރޫއުތައް
- ދ. ބަނޑިދޫ ބަނދަރު ފުންކުރުމާއި ޖެޓީ ތަރައްޤީކުރުން
- ހއ. ކެލާ ބަނދަރު އަޕްގްރޭޑް ކުރުމާއި ފިޝަރީސް އިންފްރާސްޓްރަކްޗާއަށް ބިން ހިއްކުން
- ހއ. މުރައިދޫ ގޮނޑުދޮށް ހިމާޔަތްކުރުން
- ބ. ކިހާދޫ ގޮނޑުދޮށް ހިމާޔަތް ކުރުން
މި މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއީލް ހަމީދު އެވެ. އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑީ.ސީ.ޕީ (ރިޓަޔާޑް) އަހްމަދު ސައުދީ އެވެ.