ads
ހުޅުމާލޭގައި މިފަހުން މީހުން އާބާދުވެފައިވާ ފަހި ފްލެޓުތައް: އެތަނުގައި ސަލާމަތީ ގޮތުން ފިޔަވަޅުތައް އަޅަން ނިންމާފައިވާ ކަމަށް އެފްޑީސީން ބުނޭ
އެފްޑީސީ ޓަވަރުތަކުގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރަނީ
ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީގެ ޓަވަރުތަކުގައި ކުޑަކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން އުޅޭ ޔުނިޓުތައް ފާހަގަކޮށް ރައްކާތެރިކަމުގެ ފިޔަވަޅުއެޅުމަށް މަޝްވަރާ ފަށާފައިވާކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވެއްޖެ އެވެ.
Advertisement

ފްލެޓްތަކުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރަން ނިންމާފައި މި ވަނީ ސްޓެލްކޯގެ ފްލެޓް އިމާރާތެއްގެ 12 ވަނަ ބުރިން، އުމުރުން އެންމެ ދެ އަހަރުގެ ކުއްޖަކު މިދިޔަ އަންގާރަ ދުވަހު ވެއްޓި ނިޔާވެފައި ވަނިކޮށެވެ. އޭގެ އެއް ދުވަސް ކުރިން އެފްޑީސީގެ ފްލެޓަކުން އުމުރުން 16 އަހަރުގެ ކުއްޖަކު ވެއްޓިފައިވެ އެވެ. އެ ކުއްޖާގެ ހާލު ސްޓޭބަލް ކަމަށް ހޮސްޕިޓަލުން ބުނެފައިވެ އެވެ.

ހުޅުމާލެ 1 އާ ހިލާފަށް ހުޅުމާލެ 2 ގައި އުސް އިމާރާތްތައް ގިނަވެ، ހަލުވިކަމާ އެކު އާބާދީ އިތުރުވަމުން ދާއިރު އުފެދޭ މައްސަލަތައް ވެސް ދަނީ ބޮޑުވަމުންނެވެ.

ޝަކީލް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން އެ ކޯޕަރޭޝަންގެ "އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުގައި ކުޑަކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް އެ ޓަވަރުތަކުގައި ދިރިއުޅޭ އެންމެންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރަމުދާ ކަމަށެވެ.

މިގޮތުން ހުރިހާ ޔުނިޓުތަކެއްގައިވެސް ސަލާމަތީ އިތުރު ފިޔަވަޅުތައް އަޅަން ނިންމާފައިވާއިރު، އެންމެ ބޮޑަށް އިސްކަންދޭންޖެހޭ ޔުނިޓުތައް އިސްކޮށް، އެ ހިދުމަތް ދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަޝްވަރާތައް ކުރަމުންދާ ކަމަށް ހަމްދާން ޝަކީލް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;