ads
ޑރ. ޑީޑީ
ދިރާގަށް 18000 އަށްވުރެ ގިނަ ރުފިޔާ ދައްކަން ޑރ. ޑީޑީގެ މައްޗަށް ހުކުމްކޮށްފި
ދިރާގުން ފޯރުކޮށްދީފައިވާ އެކި ހިދުމަތްތަކުގެ އަގަށްވާ 18199 ރުފިޔާ ދެއްކުމަށް، ކުރީގެ ފިޝަރީޒް މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހީމް ދީދީ (ޑރ. ޑީޑީ) ގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
Advertisement

ސިވިލް ކޯޓުގެ އިސް ގާޒީ މަރިޔަމް ވަހީދު ކުރެއްވި މި ހުކުމުގައިވަނީ، އަންނަ ސެޕްޓެމްބަރު 16 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން އެ ފައިސާ ދިރާގަށް ދައްކައި ހަލާސްކުރުމަށެވެ. 

މި މައްސަލައިގެ ލިޔެކިޔުންތައް ޑރ. ޑީޑީއާ ހަވާލުކުރި ނަމަވެސް، ދައުވާއަށް ޖަވާބުދާރީވެވަޑައިގެންފައި ނުވާތީ، ކޯޓުން މި މައްސަލަ ނިންމާފައިވަނީ އޭނާގެ ގައިރު ހާޒިރުގައި އެވެ.

ޑރ. ޑީޑީއަކީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފިޝަރީޒް މިނިސްޓަރުކަން ކުރެއްވުމުގެ އިތުރުން، އެމްޑީޕީއާއި ޖުމްހޫރީ ޕާޓީގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ، އަދި ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގަތުމުގެ ކުރިން ދަތުގެ ހާއްސަ ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;