ads
ނޭޕާލުގައި ފެން ބޮޑުވި ހާދިސާގައި އިމާރާތްތައް ވަޅުލެވިފައި. - ފޮޓޯ: އޭއެފްޕީ
ނޭޕާލްގައި ފެންބޮޑުވުން: ރާއްޖެއިން އެއް މިލިއަން ރުފިޔާ ހަދިޔާކޮށްފި
ދިވެހިރާއްޖޭން ނޭޕާލަށް 1 މިލިޔަން ރުފިޔާ އިންސާނީ އެހީގެގޮތުގައި ފޯރުކޮށްދިނުމަށް ނިންމަވާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރައްވައިފި އެވެ.
Advertisement

ރައިސް އޮފީހުން މިއަދު ބުނީ މިދިޔަ އޮގަސްޓު 26 ގައި ނޭޕާލަށް ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާތަކާ ގުޅިގެން ހިންގާ އިންސާނީ އެހީގެ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގެ "ޕްރައިމް މިނިސްޓާ ޑިޒާސްޓާ ރިލީފް ފަންޑު" އަށް އެއް މިލިއަން ރުފިޔާ ހަދިޔާ ކުރައްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށެވެ. 

ރައީސް އޮފީހުން ބުނި ގޮތުގައި އެއީ ސަރަހައްދީ އެއްބައިވަންތަކަމަށް ރާއްޖެ އިން ދޭ އިސްކަމާއި ނުރައްކާތެރި ދަނޑިވަޅުތަކުގައި އެއް ގައުމުން އަނެއް ގައުމަށް ހަމްދަރުދީއާ އެކު، އެހީތެރިވެ، އެ ގައުމާ އެކު ރާއްޖެ އިން ދެމިއޮންނާނެކަން ރަމްޒުކޮށްދޭ ކަމެކެވެ.

ނޭޕާލަށް ކުރިމަތިވި ކާރިސާގައި ގިނަ ބައެއްގެ ފުރާނަ ގެއްލި، އެ ގައުމަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން ރައީސް މުއިއްޒު ވަނީ ނޭޕާލް ސަރުކާރާއި ރައްޔިތުންނަށް ތައުޒިޔާ ފޮނުއްވައި އެ އުނދަގޫ ދަނޑިވަަޅުގައި ނޭޕާލާ އެކު ރައްޖެ އޮތްކަން ހާމަކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ. 

ނޭޕާލާއި ޗައިނާ ގުޅޭ ހިމާލަޔާގެ ސަރަޙައްދަށް ކުރިމަތިވި ނުރައްކާތެރި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތަކުގައި މަރުވި މީހުންގެ ޢަދަދު 1,130 އަށް އަރައި، 4,500 އަށްވުރެ ގިނަ މީހުން ގެއްލިފައިވާކަން އެ ޤައުމުގެ ރަސްމީ އިދާރާތަކުން ވަނީ ހާމަކޮށްފަ އެވެ.

ނޭޕާލްގައި ފެންބޮޑުވުމުގެ ނުރައްކާތެރި ހާދިސާ ހިނގާފައި ވަނީ، އޮގަސްޓު 26 ވަނަ ދުވަހު އެ ޤައުމުގެ ފަރުބަދަމަތީ ސަރަޙައްދަކުން "'ގްލޭސިޔަރ" އެއް ނުވަތަ ބޮޑު ގަނޑުފެން ގަނޑެއްގެ ބަޔެއް ކަނޑައިގެން ދިޔުމާ ގުޅިގެން، ހިމާލަޔާ ފަރުބަދައާ ގުޅިފައިވާ ކޯރުތަކުގެ ނިޒާމުގައި ކުއްލިއަކަށް ފެންބޮޑުވެ، ހިލައާއި، ގަނޑުފެނާއި، ކިސަޑު ފޭބުމުގެ ސަބަބުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;