ads
ޗާގޯސް ޖަޒީރާ ފެންނަ ފޮޓޯ ފޮޓޯއެއް: މި ރަށްތައް މޮރިޝަސްއަށް ދިނުމާ ގުޅޭގޮތުން އަދި ގާނޫނެއް ފާހެއް ނުކުރޭ
ޗާގޯސްގެ ރަސްމީ މަޝްވަރާތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސް ދައުވަތު އަރުވައިފި
ޗާގޯސް އާކިޕެލަގޯ ނުވަތަ ފޯޅަވަހީގެ ސިޔާދަތީ ބާރާ ގުޅޭގޮތުން އިނގިރޭސިވިލާތާއެކު ރަސްމީ މަޝްވަރާތައް ބޭއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، އިނގިރޭސިވިލާތުގެ ބޮޑުވަޒީރު އެންޑީ ބާންހަމްއަށް މިއަދު ދައުވަތު އަރުވައިފި އެވެ.
Advertisement

ގެއްލުވާލި ކަމަށް ބުނާ ކަނޑުގެ ސަރަހައްދު އަނބުރާ ހޯދުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ރައީސް އޮފީހުން މިއަދު ބުނި ގޮތުގައި ޗާގޯސްއާ ގުޅޭ ގޮތުން، ރަސްމީ މަޝްވަރާތަކަށް ވަޑައިގަންނަވަން ރަައީސް ދައުވަތު ދެއްވީ އިނގިރޭސި ބޮޑުވަޒީރު ބާންހަމް އަށް ފޮނުއްވި ސިޓީއެއްގަ އެވެ. 

އެ ސިޓީގައި، ޗާގޯސް މޮރިޝަސްއާ ހަވާލުކުރަން ޔޫކޭއިން ނިންމި ނިންމުމާ މެދު އޮތް ކަންބޮޑުވުންތައް ފާޅުކުރެއްވި އެވެ. 

އިޓްލޮސްއަށް މައްސަލަ ހުށަހަޅަން މަސައްކަތްކުރަމުންދާ ކަމަށް ދިވެހި ސަރުކާރުން ބުނި ނަމަވެސް އެ މަސައްކަތް ކުރިއަށްދާ ތަނެއް ނުފެނެ އެވެ.

ޗާގޯސްގެ މައްސަލަ މޮރިޝަސް އިން 2018 ވަނަ އަހަރު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ގެންދިޔަ އެވެ. އަދި 2019 ވަނަ އަހަރު އެ ކޯޓުން އިސްތިޝާރީ ލަފައެއް ނެރެފައިވަނީ ޗާގޯސްގެ ސިޔާދަތީ ބާރު އޮންނާނީ މޮރިޝަސް އަށް ކަމަށެވެ.

އެ ނިންމުން ބަލައިގަތުމަށް އިނގިރޭސި ވިލާތުން ދެކޮޅު ހެދުމަށް ފަހު، މިދިޔަ އަހަރު ވަނީ މޮރިޝަސް އަށް ޗާގޯސް އަނބުރާ ދޭން އެއްބަސްވެފަ އެވެ. ނަމަވެސް އެ ތަނުގައި މިހާރު ވެސް އެމެރިކާގެ ވަރުގަދަ އަސްކަރީ މަރުކަޒެއް ހިންގަމުންދާ ޑިއޭގޯ ގާސިއާ އިތުރު 99 އަހަރަށް ކުއްޔަށް ދޫކުރަން މޮރިޝަސްގެ މައްޗަށް އިނގިރޭސި ވިލާތުން އޮތީ ޝަރުތު ކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;