ads
އެމްޑީޕީ އެކްޓިވިސްޓް ޝާމިން
އެމްޑީޕީ އެކްޓިވިސްޓް ޝާމިންގެ ބަންދަށް 10 ދުވަސް ޖަހައިފި
އެކްޓިވިސްޓު މުހައްމަދު ޝާމިން ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން މިއަދު 10 ދުވަސް ޖަހައިފި އެވެ.
Advertisement

އިއްޔެގެ ވަގުތެއްގައި ޝާމިން ހައްޔަރުކުރީ  އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން މިދިޔަ މަހުގެ 28 ވަނަ ދުވަހު ކުރި މުޒާހަރާއަކާ ގުޅިގެން ނެވެ. 

ފުލުހުން ޝާމިން ހައްޔަރުކުރީ ވެލާާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި އޭނާ ދުއްވާ ޓެކްސީގައި އިންދަ އެވެ. ޝާމިންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން، 10 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ މުއްދަތު ޖަހާދީފަ އެވެ. 

އޭނާ ހައްޔަރުކޮށްފައިވަނީ  އޮގަސްޓް 28، ގައި އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ޗާންދަނީ މަގާއި ދީދީ ގޯޅިއާ ގުޅޭ ކަންމަތީގައި މަގު ބަންދުކުރުމަށް ފުލުހުން ޖަހާފައި ހުރި ބެރިކޭޑު ހުރަސްކޮށް ބަންދުކޮށްފައިވާ ސަރަހައްދަށް ވަދެފައިވާ ކަމުގެ ތުހުމަތުގައިކަމަށް ފުލުހުން ބުނެ އެވެ. 

އެ މުޒާހަރާއާ ގުޅިގެން މީގެކުރިން ވަނީ އެމްޑީޕީގެ އެކްޓިވިސްޓް އަހުމަދު މައިމޫން މުހައްމަދު ވެސް ހައްޔަރުކުރި އެވެ. އެހެންނަމަވެސް ފަހުން ކޯޓުން ވަނީ އޭނާ ދޫކޮށްލާފަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;