ބޮޑުތަކުރުފާނު މަގުގައި ޒަމާނީ ފެންވަރަށް ތާރު އަޅާ އެމަގު ފުޅާކުރިއިރު ބީއެމްއެމްހެ މައި އޮފީސްކުރިމަތިން އޮންނަ ސަރައްދުގެ ފަޅުން ބައެއް ހިއްކާ އެ ސަރަހައްދުގައި ވަނީ ޕާކިން ޒޯނެއް ތަރައްގީކޮށްފަ އެވެ. އެމަގު ހެދުމުގެ ކުރިންވެސް އެ ސަރަހައްދަކީ ބާރު ބޮޑުވެސް ގިނަ އަދަދެއްގެ ވެހިކަލްތައް ޕާކުކުރަމުން އަންނަ ސަރަހައްދެކެވެ.
މިއަދު ރައީސް އޮފީހުގައި ނޫސްވެރިންނާއި ބައްދަލުކޮށް ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ މާލެއަށް ދިމާވެފައިވާ ޕާކިން މައްސަލަ ހައްކުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެ ވެ. އެގޮތުން މެކޭނިކަލް ޕާކިން އާއި ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން އޮން ޑިމާންޑް ބޭސިސްއަށް ބަލާ ޕާކިން ނިޒާމުތައް ގާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ ބޮޑުތަކުރުފާނުމަގުގައި ތަރައްގީކުރި ޕާކިން ޒޯނުގައި ވަކި ގަޑިތަކެއްގައި އޮން ޑިމާންޑު ބޭސިސްއަށް ބަލާ ޕާކުކުރަން ކުޑަ އަގެއް ނަގަން ވިސްނަމުން އަންނަކަމަށެވެ،.
މަޖީދީމަގުގައި ހުންނަ ހީނާމާގޭ ބިމަާއި ސޯސަންމަގުގައި އެމްއެންޔޫ ބިޒްނަސް ސްކޫލާއި ޖެހިގެން އޮންނަ ބިމުގައި ޕާކިން ބިލްޑިން އަޅަން އެތަންތަނުންވެސް ޕާކިން ފީއެއް ނަގަން ނިންމާފއިވާކަމަށް މިނިސްޓަރު ސައީދު މިއަދު ވަނީ ވިދާޅުވެފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;