ads
އަކްޝޭއަށް 59 އަަހަރު ފާހަގަކުރަން ޓުވިންކަލް ޝެއާކުރި ފޮޓޯ
އަކްޝޭ ކުމާރަށް 59 އަހަރު: ޓްވިންކަލް ހިއްސާކުރި ފޮޓޯއަށް އެންމެންގެ ލޯބި
ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަކްޝޭ ކުމާރުގެ 59 ވަނަ އުފަންދުވަސް ފާހަގަކުރަމުންދާއިރު، އޭނާގެ އަނބިމީހާ އަދި ކުރީގެ ބަތަލާ ޓްވިންކަލް ކަންނާ ވަނީ ވަރަށް ލޯބި ފޮޓޯއަކާއެކު އުފަންދުވަހުގެ ތަހުނިޔާ ކިޔާފައެވެ. ސޯޝަލް މީޑިއާގައި ހިއްސާކުރި މި ޕޯސްޓާއެކު ގިނަ ބައެއްގެ ސަމާލުކަން ލިބިގެންދިޔައެވެ.
Advertisement

ބޮލީވުޑްގެ އެންމެ ގިނަ ބަޔަކު ލޯބިވާ އެއް ޖޯޑުގެ ގޮތުގައި ފާހަގަކުރެވޭ އަކްޝޭއާއި ޓްވިންކަލްގެ ކައިވެންޏަށް ގިނަ އަހަރުތަކެއް ވެފައިވާއިރު، އެމީހުންގެ ގުޅުން އަދިވެސް ވަނީ ވަރަށް ބަދަހިކޮށެވެ. ކޮންމެ އަހަރަކުވެސް އަކްޝޭގެ އުފަންދުވަހު ޓްވިންކަލް ހިއްސާކުރާ ހާއްސަ މެސެޖުތަކަށް ފޭނުންގެ މެދުގައި ބޮޑު ތަރުހީބެއް ލިބެއެވެ.

މިފަހަރުގެ އުފަންދުވަހުވެސް ޓްވިންކަލް ހިއްސާކުރި ފޮޓޯއިން ދައްކުވައިދެނީ ދެމަފިރިންގެ މެދުގައި އޮތް ގާތްކަމާއި އުފާވެރިކަމެވެ. އަކްޝޭ ކުމާރަކީ ފިލްމީ ދާއިރާގައި އަދިވެސް ފާހަގަކޮށްލެވޭ ފެންވަރެއްގައި މަސައްކަތްރަމުންދާ ކާމިޔާބު ތަރިއެކެވެ.

ފިލްމީ ދާއިރާގެ ގިނަ ބަޔަކު ފާހަގަކުރާ ގޮތުގައި އަކްޝޭއަކީ މަސައްކަތަށް ބުރަ މަސައްކަތްކުރާ އަދި އާއިލާއަށް ވަގުތުދޭ ނަމޫނާ އެކްޓަރެކެވެ. އޭނާގެ މި އުފަންދުވަހާ ގުޅިގެން ރަހުމަތްތެރިންނާއި ސަޕޯޓަރުން ދަނީ ތަހުނިޔާ ފޮނުވަމުންނެވެ.

ޓްވިންކަލްގެ މި ލޯބި ފޮޓޯއާއި މެސެޖާއެކު އަކްޝޭގެ އުފަންދުވަހުގެ އުފާވެރިކަން ވަނީ އިތުރަށް ފުރިހަމވެފެވެ. ސަޕޯޓަރުންގެ ބޮޑު ތަރުހީބަކާއެކު މި ހަބަރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް މަޝްހޫރުވެފެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;